މޮރޮކޯގައި ކުރިޔަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އެތުލީޓު އިޔަން އަހުމަދު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އޯޕަނިން ރައުންޑްގައި ވާދަކޮށް އިޔަން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. އޭނާ ވަނީ ފުރަތަމަ ބުރުގެ ދެވަނަ ހޯދާފައެވެ. ޖޫނިއަރ މެންސް ޑިވިޝަންގެ ފުރަތަމަ ބުރުގައި އިޔަން ވާދަކުރީ ހީޓް އަށެއްގައެވެ. އެންމެ ރަނގަޅަށް ސްކޯ ކުރެވުނު ދެ ރާޅަށް އިޔަންވަނީ 3.50 އަދި 1.94 ގެ ސްކޯއެއް ހޯދާފައެވެ. ދެވަނަ ބުރުގައި އިޔަން ވާދަކުރަނީ ހީޓް ތިނެއްގައެވެ.
މި ހީޓްގައި ވާދަކުރަނީ އެމެރިކާގެ ޑޭވީ އެންޑަސަން އާއި ފްރާންސްގެ ލޫކާ ޒަނިންޓޯ އާއި ފްރާންސްގެ ކްރިސްޓް މައެލާން އާއި އިޔަންއެވެ.
ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕް: އިޔަން ދެވަނަ ބުރަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed