ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނިއުމަތު ޝަފީޤުގެ އިތުރުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގާލް ގައިޑް ހަރަކާތްތައް ކުރިއަށްގެންދިއުމުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި އެ ހަރަކާތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނެވެ.
First Lady and Chief Guide@sajidhaamohamedmet with Niumath Shafeeq, Chair of the Asia Pacific Regional Committee of the World Association of Girl Guides and Girl Scouts (WAGGGS), along with members of the Maldives Girl Guides Association.
During the meeting held at the…pic.twitter.com/5ip9yPQyiz— The President's Office (@presidencymv)February 1, 2026
މީގެ އިތުރުން، ރާއްޖޭގެ ގާލް ގައިޑް ހަރަކާތް އިތުރު ހިސާބުތަކަށް ފުޅާކުރުމާއި، ކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ރޭވިފައިވާ އެކި މަޝްރޫއުތަކާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ގަރލް ގައިޑްސް އެސޯސިއޭޝަނަކީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވާ އެކި ކަންކަމަށް ބާރުވެރި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަން އުފެދުނީ 1948 ވަނަ އަހަރުގައެވެ. އެ އެސޯސިއޭޝަންގައި 88 ސްކޫލަކުން 14000 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.