ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުޅެވޭ ޕްލޭއޮފްގައި ބެންފީކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅެން ޖެހިއްޖެ އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގެ ޖާގައެއް ބެންފީކާ އިން ހޯދާފައިވަނީ ލީގު ބުރުގެ ފަހު މެޗުގައި ރެއާލް މެޑްރިޑް 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. މި މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ މެޗުގެ އެންމެ ފަހު ވަގުތުގައި ބެންފީކާގެ ގޯލުކީޕަރު އެނެޓޮލީ ޓްރުބިން ބޮލުން ޖަހާ ރެއާލް މެޑްރިޑްގެ ކޮޅަށް ވައްދާލި ލަނޑެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިފައިވާއިރު 9 އިން 24 ވަނަ އަށް ދާ ޓީމުތަކަށް ޖެހޭނީ ދެ ލެގުގެ ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
ޕްލޭއޮފްގައި ވާދަކުރާ އެހެން ޓީމުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭނީ އެ ގައުމުގެ މޮނާކޯ އެވެ.
މީގެ އިތުރުން އިންޓާރ މިލާނާއި ދެކޮޅަށް ބޯޑޯ/ގްލިމްޓް ނިކުންނައިރު ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭނީ ގަރަބަގް އެވެ. އަދި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ތުރުކީގެ ގަލަޓަސަރާއީ ނިކުންނައިރު އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅޭނީ ކްލަބް ބްރޫޖް އެވެ.
ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް އެޓްލާންޓާ ނިކުންނައިރު ޖަރުމަނުގެ ބެޔާ ލެވަކޫސަން ކުޅޭނީ އޮލިމްޕިއާކޯސް އާއި ދެކޮޅަށެވެ.
ޕްލޭއޮފްގައި އަނެއްކާވެސް ރެއާލް މެޑްރިޑާއި ބްންފީކާ!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed