ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ތަފާތުބޮޑުކޮށް ބަލިކޮށް ޗެމްޕިއަންކަމާއި ގާތަށް ބަންގްލަދޭޝް ޖެހިލައިފިއެވެ. ބަންގްލަދޭޝް މިމެޗު ކާމިޔާބުކުރީ 9-1 އިންނެވެ.
މިނަތީޖާ އާއެކު ބަންގްލަދޭޝްއަށް މިހާރު މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރުމަށް ބޭނުންވަނީ ފަހު މެޗުން މޮޅެކެވެ. އެއީ ދިވެހިރާއްޖެ އާއި ބައްދަލުކުރާ މެޗެވެ.
ބަންގްލަދޭޝް އިން މެޗުގައި ޕާކިސްތާނުކޮޅަށް 9 ލަނޑު ޖެހިއިރު އޭގެ ތެރެއިން 4 ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ސަބީނާ ކަތުންއެވެ. މީގެއިތުރުން ނޫސަން ޖަހާން އަދި ކްރިޝްނާ ރާނީ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. ބަންގްލަދޭޝްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނިލުފާ ޔެސްމިން ނިލާއެވެ.
ސަބީނާ ވަނީ މިމުބާރާތުގައި މިހާތަނަށް ޖުމްލަ 10 ލަނޑު ޖަހާދީފައެވެ.
މިވަގުތު ލީގު ތާވަލްގެ އެންމެ ކުރިން ބަންގްލަދޭޝް 4 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު ދެވަނާގައި އޮތް އިންޑިއާއަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. ބަންގްލަދޭޝް ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްފައިވާއިރު އިންޑިއާ އޮތީ 4 މެޗުން ނުވަޕޮއިންޓާއެކުއެވެ.
ޕާކިސްތާން ބަލިކޮށް ޗެމްޕިއަންކަމާ ގާތަަށް ބަންގްލަދޭޝް ޖެހިލައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed