ދުނިޔޭގެ ނަން މަޝްހޫރު ފެޝަން ޑިޒައިނަރު ވެލެންޓީނޯ ގެރަވާނީ މަރުވެއްޖެ އެވެ.
އުމުރުން 93 އަހަރުގައި މަރުވި ވެލެންޓީނޯ، ފެޝަންގެ ދުނިޔޭގައި ވިދާލާފައިވަނީ ގަދަކުލަތަކާއި ފަށުވި ޑިޒައިންތަކުންނެވެ.
މިގޮތުން، ޙަފްލާއަކަށް އޭނާ ޑިޒައިންކުރި ހަވީރީ ހެދުމެއްގައި، އޭނާ އަމިއްލައަށް އުފެއްދި ރަތާއި އޮރެންޖު ކުލައިގެ މިކްސެއް ވަނީ، "ވެލެންޓީނޯ ރެޑް"ގެ ނަމުން މަޝްހޫރުވެފައެވެ.
"އެމަޕަރަރ"ގެ ނަމުން މަޝްހޫރުވެފައިވާ އިޓަލީވިލާތުގެ ވެލެންޓީނޯ މަރުވީ، ރޯމްގައި އޭނާ ދިރިއުޅޭ ގޭގައެވެ.
މަލްޓިބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރި ބްރޭންޑެއް ހިންގުމަށްފަހު، ފެޝަން ޑިޒައިންގެ މަސައްކަތުން ރިޓަޔަރ ކުރުމަށް، އޭނާގެ ވިޔަފާރި 700 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކައިލީ 2012 ވަނަ އަހަރުއެވެ.
އޭނާގެ އަމިއްލަ ޑިޒައިންތައް ޕެރިސްގެ ފެޝަން ޝޯވއެއްގައި އެންމެ ފަހުން ބައިވެރިކޮށްފައިވަނީ، 2008ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މަޝްހޫރު ފެޝަން ޑިޒައިނަރު ވެލެންޓީނޯ މަރުވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed