އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕާގެ ތަރި ރިޗާލިސަން އަށް އަނިޔާވެ ހަތް ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
އުމުރުން 28 އަހަރުގެ ރިޗާލިސަންގެ ފަލަމަސްކަނޑަށް އަނިޔާވެފައިވާކަމަށް ޓޮޓެންހަމްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ރިޗާލިސަން ވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޓޮޓްނަމް އިން މިހާތަނަށް ކުޅުނު 28 މެޗުން ހަތް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓްނަމް އިން މާދަމާރޭ ވެސްޓްހެމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ. ހުރިހާ މުބާރާތެއްގެ މެޗުތައް ހިމެނޭހެން ޓޮޓްނަމް އިން އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
އެންމެފަހުން އެފްއޭ ކަޕް ގައި ކުޅުނު މެޗުގައި އެސްޓަންވިލާ އަތުންވީ ބައްޔާއެކު ޓޮޓްނަމް ވަނީ އެ މުބާރާތުން ވެސް ކަޓާފައެވެ.
މިފަދަ އުނދަގޫ ހާލަތެއްގައި ޓޮޓްނަމް އޮތްއިރު އެ ޓީމަށް ލިބޭ ހިތްހަމަޖެހުމަކީ އަނިޔާއިން ރަނގަޅުވުމަށްފަހު މިޑްފީލްޑަރު ލޫކަސް ބާގްވަލްއާއި ޔިވެސް ބިސޯމާ އަށް ކުރިއަށް އޮތް މެޗުގައި ކުޅެވޭނެ ކަމެވެ.
މީގެއިތުރުން ޓޮޓްނަމް އިން ވަނީ މިފަހުން އެތުލެޓިކޯ މެޑްރިޑުން ކޮނޯ މިކް ގެލެގާ ވެސް ޓީމަށް ގެނެސްފައެވެ. މިއާއެކު ޓީމު އިތުރަށް ވަރުގަދަވާނެކަމަށް ބެލެވެއެވެ.
އިނގިރޭސި ލީގު ތާވަލުގައި ޓޮޓްނަމް އޮތީ 14 ވަނައިގައެވެ. މިހާތަނަށް ލީގު ތާވަލުގައި ޓޮޓްނަމް އިން 21 މެޗު ކުޅެފައިވާއިރު 27 ޕޮއިންޓު ވަނީ ހޯދާފައެވެ.
ރިޗާލިސަންއަށް އަނިޔާވެ، ހަތް ހަފްތާއަށް ކުޅުމާ ދުރަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed