ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލަން ނިންމި ނިންމުން ބަދަލުކޮށް، މިހާރެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ދޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިޚާބާއި ގުޅިގެން ވަގުތީގޮތުން މި ޚިދުމަތް މެދުކަނޑާލުމަށް މީގެ ކުރިން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން އަނބުރާ ގެންދާ ގޮތަށް ބަންގްލަދޭޝް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިއާއެކު ބަންގްލަދޭޝަށް ދަތުރު ކުރާ ދިވެހިންނަށް މިހާރެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ބަންގްލަދޭޝަކީ، ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމް ހާސިލް ކުރުމާއި އަދި އެނޫންވެސް ބޭނުންތަކުގައި ދަތުރުކުރާ ޤައުމެކެވެ. އެ ޤައުމުން ދިވެހިންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި ވިސާ ލިބެއެވެ.
ކުރިއެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ބަންގްލަދޭޝުން ދެނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed