މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާނީ ކުރިއަށް އޮތް ރޯދަމަހުގެ ފަހުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެ އިދާރާއިން ގެޒެޓްކޮށްފައިވާ ގޮތުން މުބާރާތް ފަށަން ވިސްނާފައިވަނީ އަންނަ އޭޕްރީލް މަހު އެވެ. އަދި މުބާރާތް ކުޅޭނެ ފޯމެޓެއް ނިންމާނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފަ އެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ އާއްމުކޮށް ހުރިހާ ކުލަބުތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ މުބާރާތެވެ.
އެފްއޭއެމުން ބުނެފައިވަނީ ކަމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު، ޖަމިއއްޔާތަކުން މި މަހުގެ 22 ވަނަ ދުވަހު އެ އިދާރާއަށް ފޯމު ހުށަހެޅުމަށެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ އާއްމުކޮށް ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވެގެން ވަރަށް ފޯރީގައި ކުރިއަށް ދާ މުބާރާތެކެވެ.
ތިން ވަނަ ޑިވިޝަން ފަށާނީ ރޯދައިގެ ފަހުން: އެފްއޭއެމް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed