ކުރީގެ ދިވެހި ފިލްމު ޑައިރެކްޓަރ އަބްދުލްފައްތާހު މިރޭ ނިޔާވެއްޖެއެވެ.
ފައްތާހު ނިޔާވީ ކުއްލިއަކަށް މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހިގެން ފުރަތަމަ މަސައްކަތް ކުރީ ކުޅުދުއްފުއްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މިހާރު ފައްތާހުގެ ހަށިގަނޑު ދިއްދޫއަށް ގެންގޮސް ޖަނާޒާ ދިއްދޫގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ދިން މީހަކު ބުނީ މިއަދުވެސް ފައްތާހު އެރަށުގެ އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރިކަމަށެވެ. އަދި ބަލިވެ ޞިއްޙީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ފައްތާހަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެކެވެ. އޭނާ ވަނީ ޕަޕްލިކްސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެތައް އުފެއްދުންތަކެއްގައިވެސް ޝާމިލުވާ ފަންނާނެކެވެ.
ތަފުސީލު އަންނަނީ...
ކުރީގެ ފިލްމު ޑިރެކްޓަރު ފައްތާހު ނިޔާވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed