ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާގައި ސަފާރީގެ ބޮޑުބައި އަނދާފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން ހަވީރު 6:00 ރިޕޯޓުކޮށްފައިވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ނަމަވެސް ސަފާރީގެ ބޮޑުބައި އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ. އަދި ސަފާރީގައި ތިބީ ކިތައް މީހުންކަމެއްވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ސަފާރީގެ ބޮޑުބައި އަނދައިފި؛ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed