އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ. މިހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ހަފްލާގައި އެކްސެލް އިންޓަނޭޝަލް ސްކޫލުން ދަސްވެނިވި 161 ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ސެޓްފިކެޓް ދީފައިވަނީ އެސްކޭޖީ ނިންމި ދަރިވަރުންނަށެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ތައުލީމު ދޭން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މިހާތަނަށް މި ސްކޫލުން 8000 ދަރިވަރުން ކިޔަވާފައިވާކަމަށް އެ ސްކޫލުން މައުލޫމާތުދެއްވައެވެ. މި ސްކޫލުން ކިޔަވައިދެނީ ޕްރީސުކޫލް ނިމުމާއި ހަމައަށެވެ.
މިވަގުތުވެސް އެކްސެލް އިންޓަނޭޝަނަލް ސްކޫލްގައި 1013 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ސްކޫލްގެ އަމާޒަކީ ރަނގަޅު އަޚްލާގެއް ތިބި ކުދިންތަކެއް މުޖްތަމަޢަށް ނެރުންކަމަށެވެ.
އެކްސެލް އިންޓަރނޭޝަލް ސްކޫލުން 161 ދަރިވަރުން ދަސްވެނިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed