ކ.އަތޮޅު ކަނޑޫމާ ތިލަ ކައިރީ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 1017 ހާއިރުކަމަށެވެ.

ފުލުހުން ވިދާޅުވީ ކަނޑުމަތިން މަރުވެފައި އޮތްވާ ފެނުނީ ބިދޭސީ ފިރިހެނެއްކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.