ދިވެހިރާއްޖެއިން ހޯސްކުރާ ވުމެންސް ކާވާ ކަޕް 2025 ކުދަގަދަ ރަސްމިއްޔާތަކަށް ފަހު ފަށައިފިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފާއި، ކާވާގެ ގައުމުތަކުގެ ވޮލީ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާ މުހާތަބު ކުރެއްވުމަށްފަހު ސްޕޯޓްސް ކޮމިޝަނަރ ވަނީ މުބާރާތުގެ ޓްރޮފީ އިފުތިތާހުކޮށްދެއްވާފައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި

ޒުވާނުންގެ މަރުކަޒުގައި މުބާރާތް ހުޅުވާ ރަސްމިއްޔާތު ބޭއްވުމަށްފަހު އެންމެ ފުރަތަމަ މެޗުގައި މިރޭ ނިކުތީ ދިވެހިރާއްޖެ އާއި ބަނގްލަދޭޝްއެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޒުވާނުންގެ މަރުކަޒަށް ޖަމާވެފައެވެ. އެންމެ ފަހުން ބޭއްވި ކާވާ އަންހެން މުބާރާތުން ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ ވަނީ ހުރިހާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފަކާއި އުފަލެއްކަން ފާހަގަ ކުރައްވާ މިފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރާއި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވާ ހާއްސަ އަހަނމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ކާވާ މުބާރާތް ރާއްޖޭގައި ފަށައިފި

އަންހެނުން ބާރުވެރިކުރުވުމާއި ޒުވާނުންގެ ތަރައްޤީީއަށް މި ސަރުކާރުން ދެއްވާ އިސްކަން މި މުބާރާތުން ފެނިގެންދާ ކަމަށާއި، އުންމީދަކީ މި މުބާރާތުގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ މުބާރާތަކަށް މިމުބާރާތްވުން ކަމަށްވެސް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ކުޅިވަރުގެ އަހުލާގާއި ޕްރޮފެޝަނަލިޒަމް ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.