ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 5 ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ބޭފުޅުންނަކީ ސ.ހިތަދޫ މާވަހި، ޙަސަން ނާޞިޙް އަޙްމަދު، ށ.ކޮމަންޑޫ ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ، ހމ. ފްލެޓް ނަންބަރު 02-2-88، އަލްއުސްތާޛާ ޢާއިޝަތު އިޝާ، ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ގދ.ގައްދޫ ބީޗްކޯނަރ، އަލްފާޟިލް އަޙްމަދު ޔާމީނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިން ތިއްބެވި 5 މެންބަރުންގެ މުއްދަތު ވަނީ ހޮނިހިރު ދުވަހަށް ހަމަވެފައެވެ. މި 5 ބޭފުޅުން ރައީސް މެންބަރުކަމަށް އައްޔަންކުރެއްވީ ވެސް ހޮނިހިރު ދުވަހުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.