ހުޅުމާލެ ފޭސް 2 އިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފައްޓަވައިފިއެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އުމުރުން 14 އަހަރުގެ ރ.ދުވާފަރު، ސިކްސް ސެންސް ޝިބާ ރަޝީދުކަމަށެވެ. އެކުއްޖާ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު 05:55 ގައި ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޢާއިލާއިން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ހަމައެދުވަހު އެކުއްޖާ ގެއްލިގެން ޢާއިލާއިން ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުންގެ އެކި ބަހާތައް ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވީނަމަވެސް މިހާތަނަށް އެކުއްޖާ ފެނިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އެހެންކަމުން އެކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން މިހާރުވަނީ އެދިފައެވެ. އެހެންކަމުން ޝިބާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތު ހުޅުމާލޭ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަމްބަރު 9113900 އަށް ގުޅާ ހިއްސާކޮށްދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
ހުޅުމާލޭ ފޭސް 2 އިން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed