07 ޑިސެމްބަރ 2016 - 13:25

ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކު މަގާމުން މިއަދު ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ކޯޑިނޭޓަރު ކަމުން ވަކިކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ އިތުރުން މުހައްމަދު ޝަހުނީމް އާއި އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) އަދި އަހުމަދު ޒަމީލެވެ.
މީގެ ތެރެއިން ބައެއް ކޯޑިނޭޓަރުން މިހާރު ތިއްބެވީ ޗުއްޓީގަ އެވެ. އެކަމަކު ކޯޑިނޭޓަރު ކަމުން ހަތަރު ބޭފުޅުން ވަކިކުރި ކަމުގެ ސިޓީ ރައީސް އޮފީހުން ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް ކޯޑިނޭޓަރު ކަމުން އެ ބޭފުޅުން ވަކި ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.
މި ހަތަރު ކޯޑިނޭޓަރުން ވެސް މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގަ އެވެ.
ޔޫތު މިނިސްޓްރީ އަކީ އެންމެ ގިނަ އަދަދަކަށް ކޯޑިނޭޓަރުން ތިބި އޮފީހެވެ.