މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް
މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް

އެމެރިކާގެ މިޗިގަން ސްޓޭޓްގެ ޑިއާބޯން ސިޓީގެ މޭޔަރުގެ މަގާމަށް ފުރަތަމަ ފަހަރަށް، އަރަބި ދަރިކޮޅުގެ މުސްލިމަކު އިންތިހާބު ކޮށްފި އެވެ.

މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް
މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް

މިޗިގަން ސްޓޭޓްގެ މި ތާރީހީ ބަދަލުގެ ހަގީގީ ސިއްރަކީ، އެ ސްޓޭޓްގެ ދެ ވަނަ އަށް އާބާދީ އެންމެ ބޮޑު ސަހަރު ކަމަށްވާ ޑިއާބޯންގައި ދިރިއުޅޭ އަރަބިންނާއި މުސްލިމުންނެވެ. ޑިއާބޯންއަކީ 2020 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މުޅި އެމެރިކާގައި ވެސް އެންމެ ގިނަ މުސްލިމުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަ ސަހަރެވެ.

މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް
މިޗިގަންގެ ޑިއާބޯން ސިޓީގެ މޭޔަރަކަށް އަރަބި މުސްލިމެއް

އަންގާރަ ދުވަހުގެ ބޭއްވި ވޯޓު ލުމުގައި، އަބްދުﷲ ހައްމޫދު، 31، އިންތިހާބު ކާމިޔާބު ކުރީ، ކުރީގެ ލޯކަލް އޮފިޝަލް ގެރީ ވޮރޮންޗެކްއާ ވާދަކުރައްވައި، 55 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. މިހާރު ޑިއާބޯންގެ މޭޔަރަކަށް ހުންނެވި ޖޯން ބީ އޯރެލީ، ބަލިވެ އުޅުއްވާތީ، އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.

މިއަންނަ އަހަރުގެ ކުރީކޮޅު މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުން، ހައްމޫދު ވެގެންދާނީ، އެ ސިޓީގެ މޭޔަރުކަން ކުރައްވާ ފުރަތަމަ މުސްލިމް މޭޔަރަށެވެ. އަދި އެމެރިކާ ނަސްލު ނޫން އެހެން ނަސްލެއްގެ ފުރަތަމަ މޭޔަރަށް ވެސްމެ އެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހައްމޫދުގެ ކާމިޔާބީން އެނގެނީ، އެމެރިކާގައި އޮތް މުސްލިން އަދި އަރަބި އާބާދީ، އެމެރިކާގެ ސިޔާސީ ކަންކަމުގައި ބައިވެރިވުން އިތުރުކުރަމުން އައިސް، އިންތިހާބުތަކުގެ ނަތީޖާއަށް ނުފޫޒު ފޯރުވޭ މިންވަރަށް، އަރަބި ނަސްލުގެ މީހުން މަގުބޫލުވަމުން އަންނަ ކަމެވެ. އަދި އަރަބި-މުސްލިމް އާބާދީ ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި، ސިޔާސީ މަތީ މަގާމުތަކަށް އެމީހުންގެ މަންދޫބަކު އައްޔަންކުރަން ބޭނުންވާ މިންވަރު އެނގެ އެވެ.

"އެމީހުންގެ އަގީދާ އާއި އެމީހުންގެ ނަސްލުގެ ސަބަބުން، ފުރައްސާރަ ލިބެމުން އައި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް، އަދި އެމީހުންގެ ނަމަކީ، މި މުޖްތަމައު ބަލައިނުގަންނަ ނަންތަކެއް ކަމަށް އިހްސާސް ކުރެވޭ މީހުންނަށް، އަދި ކޮށި އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ސަބަބުން އިހާނެތިކޮށް ހިތުނު އަދި މިހާރުވެސް އެކަންކަމާ ކުރިމަތިލާން ޖެހިފައިވާ، އަހަރެމެންގެ ބެލެނިވެރިންނާއި އަހަރެމެންގެ އިސް ރަށްވެހިންނަށް (ބުނެލަން ބޭނުމީ)؛ ކަލޭމެންނަކީ ވެސް އެމެރިކާގެ އެހެން މީހުން ފަދައިން އެމެރިކާގެ ރައްޔިތުންކަށް، މިއަދު ސާބިތުކޮށްދީފިއޭ،" އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި އިންތިހާބީ މޭޔަރު ވިދާޅުވި އެވެ.

ޔުނިވަސިޓީ އޮފް މިޗިގަންގެ ސެންޓާ ފޯ އަރަބް އެމެރިކަން ސްޓަޑީޒްގެ ޑިރެކްޓާ ސެލީ ހޮވެލް ވިދާޅުވި ގޮތުގައި، ހައްމޫދު އެ ހޯއްދެވި ކާމިޔާބީގެ ސަބަބުން، ޑިއާބޯންގައި ޒަމާނުއްސުރެ އޮތް، ނަސްލީ ގޮތުން ވަކިކުރުމުގެ އާދަ ފޫދުއްވައިލެވިއްޖެ އެވެ.

"މޭޔަރުގެ މަގާމަށް އިންތިހާބުވެ، އެމީހުންގެ މުޖްތަމައުތައް ތަމްސީލުކޮށްދީ، މިއާބާދީއަށް މުޖްތަމައު އިއުތިރާފްވާނެ ގޮތް ވުމަކީ، އެމީހުންގެ އަޑު އުފުލައިދީ ހަދާނެ، އަދި އަރަބި އެމެރިކާ މީހުންގެ ހައްގުގައި ވަކާލާތު ކުރާނެ މީހަކު އެންމެ ފަހުން އަހަރެމެންނަށް ލިބިއްޖެ،" ސެލީ ހޮވެލް ވިދާޅުވި އެވެ.