03 ނޮވެމްބަރ 2021 - 14:41

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި އެމްޓީސީގެ ބަހަކުން ޖެހުނު މީހަކު ވަރަށް ބޮޑަށް އަނިޔާވެ، ރާއްޖޭން ބޭރުން ފަަރުވާކުރަން ޖެހިއްޖެ އެވެ.
މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް "މިހާރު" އަށް ބުނި ގޮތުގައި އޭނާގެ ބޭބެ ހަސަން އިސްމާއީލް، 50، ސައިކަލެއްގައި ދަނިކޮށް އެމްޓީސީގެ ބަހުން ޖެހި އަނިޔާވުމުން ވެސް ބަސް ޑްރައިވަރު، އެކަމާ އަޅައިނުލާ ދިޔަ ކަމަށެވެ. ހުޅުމާލޭގެ ދެވަަނަ ފިޔަވައްސަށް ދާން އޮންނަ ބްރިޖްތަކުގެ ތެރެއިން މެދު ބްރިޖްގެ ކައިރީގައި ހިނގި އެކްސިޑެންޓަށްް ފަހު ޕިކަޕަކަށް ލައިގެން ބޭބެ ހޮސްޕިޓަލަށް ގެންދިޔަައީ ނަސީރު ބުނި ގޮތުގައި އެ ސަރަަހައްދުގައި އޭރު ތިބި އާއްމުންގެ ބައެކެވެ.
"ބޭބެގެ ފަޔަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި، ރާއްޖޭގައި ތިބި ކަށީގެ އެންމެ މޮޅު ޑޮކްޓަރުން ވެސް ބުނީ ކުރަން ޖެހޭ އޮޕަރޭޝަން ރާއްޖޭން ކުރެވެން ނެތް ކަމަށް،" އޭނާ ބުންޏެވެ.
ނަސީރު މިއަދު ބުނިގޮތުގައި ބޭބެގެ ފަޔަށް ފަރުވާކުރަން އިންޑިއާ އަަށް ފުރަން އާއިލާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ބޭރަށް ގެންދަނީ ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދަ އިންނެވެ.
އެކްސިޑެންްޓަށް ފަހު ހަސަން އިސްމާއީލުގެ ހާލަތު އެމްޓީސީސީން ފުރަތަމަ ނުބެލި ނަމަވެސް އެ ކުންފުނިން އިއްޔެ ވަނީ އޭނާގެ ހާލު ބަލައިފަ އެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ ބަހަކުން ޖެހި އަނިޔާވި މީހާގެ އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި އަދި މާލެއާ ހުޅުމާލެއާ ދެމެދު އެމްޓީސީސީން އޮޕަރޭޓްކުރާ ބޮޑެތި ބަސްތައް، އެކަށީގެންވާ ވަރަށް ވުރެ ބާރު ސްޕީޑްގައި ދުއްވާ ކަމުގެ ޝަކުވާ އާއްމުން ކުރެ އެވެ.