އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި
އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި

އިޓަލީގެ އަވަށެއްގައި އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރަކަށް ޓޫރިސްޓުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައި ވަނިކޮށް އެ ކާރު އޮތް ތަނުން ނަގައިފި އެވެ.

އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި
އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި

އެ ކާރަކީ ދެމަފިރިޔަކު ކޮނެގްލިއާނޯ އަވަށުގައި ހިންގި ނިއުސް އޭޖެންޓް އޮފީސް އިމާރާތެއްގެ ބޭރުގައި ޕާކްކޮށްފައި އޮތް، ލަންޝިއާގެ ކުންފުނީގެ ފުލްވިއާ 1962 މަރުކާގެ އަޅި ކުލައިގެ ކާރެކެވެ. އެ ކާރު 1974 ގައި ޕާކްކުރި ގޮތަށް ނުނަގައި އަދި ބޭނުން ނުކޮށް އޮތްގޮތަށް އޮއްވާ ނެގީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި
އެއް ތަނެއްގައި ޕާކްކޮށްފައި އޮންނަތާ 47 އަހަރުވީ ކާރެއް ނަގައިފި

އަވަށުގެ އޮފިޝަލުން ކާރު މިދިޔަ މަހުގެ 20 ގައި ނަގައިގެން ގެންގޮސް އާންމުންނަށް ދައްކައިލަން ބޭއްވީ "އޮޓޯ އީ މޮޓޯ ޑި އެޕޯކާ މޮޓޯ ޝޯ" ގަ އެވެ. އެތަނުގައި އެ ދައްކައިލުމަށް ފަހު ކާރު މިހާރު އޮތީ އެއަށް ލިބިފައި ހުރި ބައެއް ގެއްލުންތައް މަރާމާތުކުރަން ވޯކްޝޮޕެއްގަ އެވެ.

އެއް ތަނެއްގައި ޕާކޮށްފައި އޮތުމުން އެއަށް ލިބުނު ހާއްސަ ކަމުގެ ސަބަބުން ޓޫރިސްޓުންގެ ސަމާލުކަން ލިބުނު ކާރަކީ އެންޖެލޯ ފްރެގޯލެންޓް، 94، އާއި އަންހެނުން ބާޓިލާ މޮޑޯލޯގެ އެއްޗެކެވެ.

ކާރު މަރާމާތުކުރުމަށް ފަހު އަލުން ބާއްވަން ނިންމާފައި ވަނީ ދެމަފިރިން މިހާރު ދިރިއުޅެމުން އަންނަ ގެ ކައިރީގައި ހުންނަ ސްކޫލެއްގަ ކައިރީގަ އެވެ. މިކަމާ ބެހޭ ގޮތުން ދެމެފިރިން ބުނީ އެ މީހުންގެ ކުޑަދޮރު ހުޅުވައިލުމުން ފެންނަ ހިސާބުގައި، ބައި ގަރުނެއްހާ ދުވަސްވީ ކާރު ބާއްވައި ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ކާރު ސާޅީސް ހަތް އަހަރު ވަންދެން ޕާކްކޮށްފައި އޮތް ތަނަކީ އަހެރެމެން ދެމަފިރިން ސާޅިސް އަހަރު ވަންދެން ނިއުސް އޭޖެންޓް އޮފީސް ހިންގި އިމާރާތުގެ ކުރިމަތި. އެތަނުގައި ކާރު އޮންނަ އިރު ތަނަށް ގެންނަ ނޫސްތައް ލޮރީން ބާލައި ފުރަތަމަ ބަަހައްޓަނީ ކާރުގެ މަތީގައި. އެއަށް ފަހު އެތެރެއަށް ނޫސްތައް ވައްދަނީ" އެންޖެލޯ ބުންޏެވެ. "އެހެންވެ ވަރަށް ހާއްސަ ހަނދާންތަކެއް އެއާ ގުޅިފައިވޭ."

އޭނާ ކިޔައި ދިން ގޮތުގައި މަސައްކަތުން ރިޓަޔަރާކުރުމާ އެކު ހަނދާނަށްޓަކައި އޮފީސް ކުރިމަތީގައި ކާރު ޕާކްކޮށްފައި ބާއްވަން ނިންމީ އެވެ. އެތަނުގައި އޭތި އޮންނަތާ އެތައް އަހަރެއްވީ އިރު، އިޓަލީގެ އެކި ހިސާބުތަކުން މީހުން ކާރު ބަލަން ޒިޔާރަތްކޮށް އެއާ އެކީ ފޮޓޯ ވެސް ނަގާފައިވެ އެވެ.

ކޮނެގްލިއާނޯގެ ރައްޔިތެއް ކަމަށްވާ ލޫކާ ޒައިއާ، 42، ބުނި ގޮތުގައި އޭނާ ކުޑައިރު ސްކޫލަށް ދާން ފެށީއްސުރެ ކާރު އެތަނުގައިވެ އެވެ. އަދި ފަހުން ފަހުން އައިސް އެ ބަލަން ގިނަ ބަޔަކު ގޮސް އުޅޭތީ އެކަން ވަރަށް ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.