ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ދިން ޖިންސީ އަނިޔާ އިން ފެންމަތިވި މައްސަލަތައް ސީރިއަސްކޮށް ނަގައި، ދަރިވަރުން ރައްކާތެރިކުރުމުގެ ސިޔާސަތުތައް ބަޔާންކުރާ އުސޫލަށް އަމަލުކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ބާރުއަޅައިފި އެވެ.

ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރަނީ ސްކޫލުގައި މަސައްކަތު މުވައްޒަފެއްގެ ގޮތުގައި އުޅޭ 63 އަހަރު އަންހެނަކަށެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ޕީޖީ އޮފީހަށް ނުފެނުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

އެކަމަކު މި މައްސަލައިގައި އިހުމާލުވި ކަމުގެ ތުހުމަތުވާ އާންޓީ ހިމެނޭ ގޮތުން ސްކޫލުގެ އަންހެނުންތަކެއް ސަސްޕެންޑްކުރަން ޖެހުނެވެ.

ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

ސްކޫލުން އާއިލާ އަށް ބުނެފައި ވަނީ ހަތަރު އަހަރުގެ ކުއްޖާ ފާހާނަށް ފޮނުވުނީ ކާކާ އެކުގައި ކަމެއް އާންޓީ ހަނދާން ނެތް ކަމަށެވެ. މިއީ، ކުދިން ކްލާހުން ބޭރަށް ނުކުންނަ އިރު ރެކޯޑު ނުބެލެހެއްޓޭ ކަމަށް އެއްބަސްވުން ކަމަށް އާއިލާއިން ބުންޏެވެ.

ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

ކުޑަ ކުއްޖާ އަށް ލިބުނު އަނިޔާގެ ހިތްދަތި ކަމުގައި އާއިލާގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ މި ހާދިސާގައި ފާހަގަވި ސްކޫލުގެ ފަރުވާ ކުޑަ ކަމެވެ. މުޅި އުމުރަށް އެ ކުއްޖާ އަށް ލިބުނު އަނިޔާއަށް ވުރެ، ސްކޫލު ބަދުނާމުވެދާނެ ކަމުގެ ބިރު ކުރިއަށް ނެރެ ޖެހިލުންވުމެވެ.

ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން
ސްކޫލްތަކަށް ވަރުގަދަ ފިލާވަޅެއް، ކޮމިޓީން ބާރުއެޅީ ޕޮލިސީ ތަންފީޒުކުރަން

އާންޓީއަށް ކުއްޖާ ހަވާލުކުރެވުނު މީހަކު ތަހުގީގަށް ހޯދުނީ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓާއި ސީސީޓީވީ ފުޓޭޖުންނެވެ.

މި ހާދިސާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ކޮމިޓީ އަށް އިއްޔެ ހާޒިރުކޮށްފަ އެވެ. ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި، މަޝްވަރާކުރީ ކުދިންގެ ރައްކާތެރިކަމަށް 2017 ގައި އެކުލަވާލައި ސްކޫލްތަކަށް ފޮނުވާފައިވާ ދަރިވަރުން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށެވެ.

މި ހާދިސާ ފެންމަތިވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން އާއްމުވި މައުލޫމާތުން އެނގުނީ ސްކޫލުތަކުގައި ހިނގަމުން ދިޔަ މިފަދަ މައްސަލަތަކުން މިއީ ވަރުގަދަ ފިލާވަޅެއް ކަމެވެ. ވަގުތުން އިސްލާހުކުރަން ޖެހޭ ކަންކަން ސްކޫލްތަކުގައި އެބަހުއްޓެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އިއްޔެ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސްކޫލްތަކުގައި ޖިންސީ އަނިޔާގެ 40 މައްސަލައެއް ބެލި ކަމަށެވެ. މީގެތެރެއިން 30 މީހަކު ވަނީ ކުދިންގެ ރައްކާތެރި ކަަމަށް ވަޒީފާ އިން ވަކިކޮށްފަ އެވެ.

ކޮމިޓީގައި މަޝްވަރާކުރި ކަންކަމާ ގުޅޭ ގޮތުން މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު "މިހާރު" އަށް ވިދާޅުވީ ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއެއް އޮތްއިރު އެއަށް އަހުލުވެރިވެ، ސްކޫލްތަކުގައި ތަންފީޒުވާން ޖެހޭ ކަމަށެވެ. އެކަން ފުރިހަމައަށް ތަންފީޒު ކުރެވޭނީ ވަސީލަތްތައް ވެސް ގާއިމްވެގެން ކަން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ސީސީޓީވީ ފުޓޭޖް ލިބޭނެ ގޮތަށް [މާލެ އާއި އާއި އަތޮޅުތަކުގެ] ހުރިހާ ސްކޫލެއްގައި ހުރުން،" ޖީހާން ވިދާޅުވި އެވެ.

"މި ހާދިސާއިން މި އެނގުނީ ސީސީޓީވީ ފަދަ ވަސީލަތްތައް ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަން."

އޭނާ ވިދާޅުވި ގޮތުގައި އެ ޕޮލިސީއާ އެއްގޮތަށް ސްކޫލްތަކުގައި އަމަލުކުރޭތޯ އާއި އަޅާނުލަނީ ކޮން ސްކޫލްތަކަކުންތޯ ވެސް ބަލަން ޖެހެ އެވެ.

"ސިޔާސަތު ތަންފީޒުވާ މިންވަރުގެ އޮޑިޓެއް ހިންގުން މުހިއްމު."

- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، ސިއްހީ، އަދި ޖިންސީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން. މިކަން ވަނީ ސްކޫލްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ މައްޗަށް ލާޒިމްކޮށްފައި.

- ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމާއި ހިމާޔަތްދިނުމުގެ އުސޫލަށް ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން އަހުލުވެރިކުރުވުން.

- އުސޫލް ފުރިހަމައަށް ތަންފީޒުކުރަން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ކަނޑައެޅުން. މި ދެ މުވައްޒަފުންގެ މައުލޫމާތު އެޑިއުކޭޝަންގެ ސުޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަނަށް ލިއުމުން އެންގުން

- ސްކޫލުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކާއި މީހަކީ ދަރިވަރުންނާ އެކު މަސައްކަތްކުރުމަށް އެކަށީގެންވާ މީހަކުކަން ކަށަވަރުކޮށްދޭ ލިޔުންތައް ހޯދައި ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

- ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމާބެހޭގޮތުން ސްކޫލުން ހަދާފައިވާ އުސޫލުތަކާއި, ސްކޫލުން އެކިއެކި ހަރަކާތްތައް ހިންގުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި އަދި އެނޫން ވެސް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި އުސޫލުތައް ކޮންމެ އަހަރަކު އެއް ފަހަރު މުރާޖައާ ކުރުން.

- އެ މަސައްކަތްތައް ތަފުސީލުކޮށް ލިޔުމުން ކޮންމެ އަހަރެއްގެ 15 ނޮވެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަނަލް ސުޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޒަން ލިޔުމުން ފޮނުވަން ޖެހޭ.

- ދަރިވަރަކާ މެދު އަނިޔާ/އިހުމާލެއް ވެއްޖެ ކަމަށް ޝައްކު އުފެދިއްޖެ ނަމަ ވަގުތުން އެޑިއުކޭޝަނަށް ހުށަހެޅުން.

- ދަރިވަރަކު އެ ދަރިވަރަކަށް ލިބެމުންދާ އަނިޔާއެއްގެ ވާހަކަ, ސްކޫލުގެ ފަރާތަކާ ހިއްސާކޮށްފި ނަމަ, އެ ދަރިވަރަށް ބޭނުންވާނޭ އެހީތެރިކަމާއި ރައްކާތެރިކަން ސްކޫލުގެ ވެރިން ހޯދައިދިނުން. މިކަމަށް އަޅާނުލައި ހުރުމަކީ ސްކޫލުން ދަރިވަރަށް ވެވޭ އިހުމާލެއް ކަަމަށް އުސޫލުގައިވޭ.

ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ސާމާލުކަމެއް ސްކޫލު ހިންގަން ހަވާލުވެ ތިބޭ ފަރާތްތަކުން ދޭންޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. އެއާއެކު ދަރިވަރުންގެ ރައްކާތެރިކަމާއި ހައްގުތައް އަދާކުރާ މިންވަރު ބަލައި ސްކޫލްތަކަށް ބޭނުންވާ ފަންނީ ލަފަ އާއި އިރުޝާދު ދޭން ޖެހޭނީ މިނިސްޓްރީންނެވެ.