ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން
ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން

ނިމުނު، 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޑިކަލް އަދި ޑޮޕިންގެ އިސް އޮފިޝަލްގެ ގޮޮތުގައި މަސައްކަތްކުރި، ރާއްޖޭގެ އަހްމަދު ޝަކީބް (ޑޮކް) އަށް އާވެގެން ދިޔައީ އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި މެޗެވެ. އަދި އެ މެޗުގައި އީރާންގެ ކުޅުންތެރިޔަކަށް ބޮޑު އަނިޔާއެއް ވުމުން ރާއްޖޭ ޓީމުގެ މެޑިކަލް އެހީ ދިން ހާއްސަ ވަގުތުކޮޅެވެ.

ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން
ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން

އޭއެފްސީން ދެ ގުރޫޕެއްގެ މެޑިކަލްގެ އެންމެ އިސް މަގާމު ހަވާލުކޮށްފައިިވާ ޑޮކް، ގުރޫޕް ސީ ގައި އީރާންގެ ފުރަތަމަ މެޗަށް ދިޔައިރު އީރާންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި މަހްދީ މަހްދަވިކިއާ އަކީ ރެކޯޑް އަދަދެއްގެ ގޯލް ރާއްޖެ ކޮޅަށް ޖަހައި އީރާން މޮޅުވި މެޗުގައި އީރާންގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އެ މެޗުގައި އޭނާ އަށް އަނިޔާވުމުން އެންމެ ފުރަތަމަ ދަނޑަށް އަރައި އެހީވީ ޑޮކް އެވެ.

ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން
ރާއްޖެކޮޅަށް 17 ލަނޑު ޖެހި ހަނދާން 24 އަހަރު ފަހުގެ ބައްދަލުވުމަކުން

މަހްދީ ފެނުމާ އެކު އެއީ ކާކުކަން ޑޮކް އަށް އެނގުނެވެ.

ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން އިރާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 17-0 އިންނެވެ. އެއީ ރާއްޖޭގެ ގައުމީ ޓީމުގެ ތާރީހްގައި މިހާތަނަށް އެންމެ ތަފާތުބޮޑުކޮށް ބަލިވި މެޗެވެ. އެ މެޗުގައި މަހްދީ ވަނީ ރާއްޖެ ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގައި ރާއްޖޭގެ އަލީ ޝާހީން، މަހްދީ އަށް ކުރި ޗެލެންޖުގައި އޭނާ އަށް ވަރަށް ބޮޑަށް ހާނީއްކަވި އެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކަށް ވިޔަސް މަހްދީ އަށް އެހީވުމަށް އެންމެ ފުރަތަމަ ދަނޑަށް އެރީ ރާއްޖޭގެ ބެންޗުގައި ގައުމީ ޓީމުގެ ފިޒީޝަނެއްގެ ގޮތުގައި ހުރި ޑޮކް އެވެ.

"އޭނާއާ ބައްދަލުވީމާ އަޅުގަނޑު ބުނިން ހަނދާންވޭހޭ އީރާނުން 17 ލަނޑު ޖެހި މެޗު. އޭނަ ބުނި ތިމަންނަ ކިހިނެއްހޭ އެ މެޗު ހަނދާން ނެތޭނީ. އެ މެޗުގައި އޭނާ ވަރަށް ބޮޑަށް އަށް އަނިޔާވުމުން އެހީވާން އެންމެ ފުރަތަމަ ދަނޑަށް އެރީ އަހަންނޭ. އެ މޮމެންޓް ވެސް އޭނާ ހަންދާން ހުރި. އެކަމަކު އޭގެ ފަހުން އެތައް އަހަރެއްވީމާ އޭނާއަކަށް ސީދާ އަޅުގަނޑު ކަމެއް ވަކިކުރާކަށް ނޭނގުނު،" ޑޮކް ބުންޏެވެ.

އެ ފަހަރުގެ ކޮލިފިކޭޝަނަކީ ރާއްޖެއިން ވާދަކުރި ފުރަތަމަ ކޮލިފިކޭޝަނެވެ. އިރާނާއި ރާއްޖޭގެ އިތުރުން ކިރިގިސްތާން އަދި ސިރީއާ ވެސް ހިމެނުނު ކޮލިފިކޭޝަންގެ ގުރޫޕްގައި ރާއްޖެ ކޮޅަށް 59 ލަނޑު ވަނެވެ. އެންމެ ލަނޑެއް ވެސް ރާއްޖެއަކަށް ނުޖެހެ އެވެ. އޭގެ ފަހުން ރާއްޖޭން ވަނީ ފަހަރަކަށް ވުރެ ފަހަރެއް ކޮލިފިކޭޝަންގެ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ.

ކޮލިފިކޭޝަނެއްގައި ރާއްޖެ އިން މެޗަކުން މޮޅުވީ 2002 ގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2001 ގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ޖަރުމަންގައި 2006 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފިކޭޝަނަކީ ރާއްޖޭގެ ފުޓުބޯޅައިގައި ކުޅުނު އެންމެ ތާރީހީ މެޗެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެކުނު ކޮރެއާ މޮޅުވިޔަ ނުދީ ރާއްޖެއިން ހިފަހައްޓާލައި ކޮރެއާ އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ.

ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ރާއްޖެ ކޮލިފައިއެއް ނުވެ އެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއަށް ހޯދުނީ ބޫޓާން އަތުން ދެ މެޗުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓެވެ.

ބޮޑެތި މުބާރާތްތަކުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ވާދަކުރަން ފެށިތާ 25 އަހަރުވީ އެވެ. އަންނަ އަހަރު ގަތަރުގައި ބާއްވާ، ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެއިން ނެރުނު ނަތީޖާއަކީ މިހާތަނަށް ކޮލިފިކޭޝަން މަރުހަލާއެއްގައި ރާއްޖެއިން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. އަށް މެޗު ކުޅެ ހަަތް ޕޮއިންޓް ރާއްޖެއިން ހޯދި އެވެ. އިރާން އިން 17 ލަނޑު 24 އަހަރު ކުރިން ރާއްޖެ ކޮލާށް ޖެހިޔަސް އޭގެ ފަހުން ރާއްޖެއިން ވަނީ އިރާންގެ ސީނިއާ ޓީމާ 1-0 އަށް ވެސް ފަރަގު ކުޑަކޮށްފަ އެވެ.