ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި

ކްލަބް މޯލްޑިވްސް އިން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ ގުޅިގެން ބާއްވާ މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގުރު މިރޭ ނަގައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި

ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުގެ މުބާރާތް ނުބޭއްވި މެދުކެނޑުމަކަށް ފަހު ބާއްވާ މި އަހަރުގެ މުބާރާތް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޓީވީއެމްގައި ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ ކްލަބް މޯލްޑިވްސްގެ އާ ލޯގޯ ވެސް ދައްކާލައިފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި

ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ 32 ޓީމު ވަނީ އަށް ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭ ގައި ހިމެނެނީ އުރީދޫ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އިތުރުން މީޑިއާނެޓާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. ގުރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކްލަބާއި އެލައިޑާއި ޓްރޭޑް ކްލަބް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި

އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ އާ އެކު ގުރޫޕް ސީ ގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ކްލަބް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި ސިޓީ ކައުންސިލެވެ. ކްލަބް އެޗްޑީސީ އާއި ފެން ކްލަބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއާ އެކު ގުރޫޕް ޑީ ގައެވެ.

މުބާރާތުގެ ގުރޫޕް އީ ގައި ކްލަބް އިމިގްރޭޝަނާ އެކު ހިމެނެނީ ދިރާގާއި ޓީމް އެފްއެސްއެމާއި ޕްލޭނިން މިނިސްޓްރީގެ ޓީމް އެމްއެންޕީއެޗްއައި އެވެ. ޕްރިޒަން ކްލަބާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިތުރުން ޓީމް ފެނަކަ އާއި ރާއްޖެ އޮންލައިން (އާރުއޯއެލް) ގުރޫޕް އެފް ގައި ހިމެނޭ އިރު، ގުރޫޕް ޖީ ގައި ހިމެނެނީ އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބާއި ސިވިލް ކޯޓު އަދި ޕީޖީ އޮފީހުގެ ކްލަބް 220 އެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ ފަހު ގުރޫޕުގައި ހިމެނެނީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްޓީސީސީ އަދި އެމްއެމްއޭ ސޯޝަލް ކްލަބާއި މޯލްޑިވް ގޭސް އެވެ.

މިރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ އަންހެން ޑިވިޝަން، "ވިމެންސް ފުޓްސަލް ފިއެސްޓާ" ގެ ގުރު ނެގުން ވެސް ކުރިޔަށް ދިޔަ އެވެ. އަންހެން ޑިވިޝަނުގައި ވާދަކުރާ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލިއިރު ގުރޫޕް އޭ ގައި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބާއެކު ދެން ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ސިޓީ ކައުންސިލްގެ އިތުރުން ޓްރޭޑް ކްލަބެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއެކު ގުރޫޕް ބީ ގައި ހިމެނެނީ ޓީމް ފެނަކަ އާއި ކްލަބް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ކްލަބް ވެމްކޯ އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާ އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކްލަބް އިމިގްރޭޝަން މިއަހަރުގެ މުބާރާތުގައި ބައިވެރި ނުވެއެވެ. އެޓީމުން ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް 2021 ގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މައިލޯ، އުރީދޫ މޯލްޑިވްސް، އެމްޓީސީސީ އަދި އެލައިޑެވެ.

މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސާފައި ވާއިރު ޕަބްލިސިޓީ ޕާޓްނަރަކީ އެއްކާފެވެ. އަދި ޕްރިންޓިން ޕާޓްނަރަކަށް ހަމަޖެއްސީ ޕްރިންޓް ލެބެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީ އެވެ. މީގެ އިތުރުން މުބާރާތުގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހަމަޖައްސާފައި ވާއިރު ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. "ގެވެށި ގުޅުން" ކެމެޕޭނުގެ ދަށުން ޖެންޑާ މިނިސްޓްރީ މި މުބާރާތުގެ ސޯޝަލް ޕާޓްނަރެއް ގޮތުގައި ހަރަކާތްތެރި ވާނެ އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި އޮންލައިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ "މިހާރު" އެވެ.