ހުކުމްތައް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
ހުކުމްތައް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ކޯޓުތަކުގެ ހުކުމްތަކާއި ނިންމުންތައް ބެލޭނެ އެޕްލިކޭޝަނެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ތައާރަފުކޮށްފި އެވެ.

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ ނަމުގައި ތައާރަފުކުރި މި އެޕުން ބެލޭނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ނިންމުންތަކެވެ. އޭގެ އިތުރުން ގާނޫނުތަކާއި ގަވާއިދުތައް ގަރާރުތައް އަދި އުސޫލުތަކާއި އެއަށް ގެނެސްފައިވާ އިސްލާހުތައް ވެސް އެ އެޕް މެދުވެރިކޮށް ބެލޭނެ އެވެ.

ޑީޖޭއޭ އިން ފަރުމާކޮށް ބަލަހައްޓާ މި އެޕަކީ ހުކުމްތައް ބަލައިލެވޭ ގޮތަށް ފަރުމާކޮށް، ބޭނުންކުރަން ފެށި ފުރަތަމަ އެޕެވެ.