ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް
ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާނުގެ ބިމުން ތަންގަނޑެއް، ޝީޓް ޕައިލަށް ގެއްލުންވުމުގެ ސަބަބުން ގަނބައިގަނެ ގެއްލުން ވެއްޖެ އެވެ.

ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް
ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް

ކުރިން ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ ގެނެސް ކުރީގެ ތިން ރުއް ޕާކު ސަރަހައްދުގައި ތަރައްގީ ކުރި ސުނާމީ ބިނާ މައިޒާނަށް އެކި ގޮތްގޮތުން ގެއްލުންވެ އެތަން ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފަ އެވެ.

ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް
ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް

މިހާރު އެތަނުގައި ބިމުން އަޑިއަށް ގަނބައިގެންފައި ހުރި ފަސް ތަންގަނޑު އެބަ ހުއްޓެވެ. އަދި ހާއްސަކޮށް ބޮޑުކޮށް ގަނބައިގަނެފައި ހުރި ހަތަރު ވަރަކަށް ފޫޓުގެ ތަންގަނޑެއް ވެސް މިހާރު އެބަ ހުއްޓެވެ. ގަބައިގެންފައި ހުރީ މޫދާ ދިމާލުންނެވެ. މިއީ މީގެ ކުރިން ވެސް މިތަނަށް ދިމާވާ މައްސަލައެކެވެ.

ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް
ޝީޓްޕައިލަށް ގެއްލުންވެ ސުނާމީ ބިނާ މައިޒާނުގެ ތަންގަނޑެއް އަޑިއަށް

މާލޭ ސިޓީ ކައުންސިލުން މި އަހަރުގެ މެއި މަހު ތައްޔާރު ކުރި ސުނާމީ ބިނާގެ ހާލަތާ ގުޅޭ ރިޕޯޓެއްގައިވާ ގޮތުން، މިތަނުގައި ބިންގަނޑު އަޑިއަށް ދަނީ ސުނާމީބިނާގެ ހުޅަނގު ފަރާތުގެ ޝީޓްޕައިލް މޫދު އަޑިން ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައިވާތީ އެވެ.

ގެއްލުންވެފައިވާ ތަންތަނުން އެ މައިޒާނުގެ ވެލިގަނޑު ބޭރަށް ދަމައިގަތުމުގެ ސަބަބުން ބިންގަނޑު ގަނބައިގަނެ އަހަރަކު ތިން ނުވަތަ ހަތަރު ފަހަރު އެތަންތަނުގެ ގާތައް ނަގައި އެތަން ކޮނުމަށް ފަހު އަލުން ވެލި އަޅައި ލެވެލް ކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިކަމުގެ ދާއިމީ ހައްލަކީ ޝީޓްޕްލް ނަގައި އަލުން ޝީޓްޕައިލް ޖެހުމެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު ސުނާމީބިނާގެ ހުޅަނގު ފަރާތުން ވަރަށް ބޮޑަށް އެތެރެއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވާތީ ހުޅަނގު ފަރާތު ޝީޓްޕައިލްސް މިހާރު ހުރި ވަރަށްވުރެ ދެ ފޫޓަށް އުސްކޮށް އެތެރެއަށް ރާޅު ނާރާނެ ގޮތަކަށް ޑިޒައިން ކުރުން މުހިންމު ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ވައިގަދަ ދުވަސްތަކުގައި ލޮނު ބުރާ ހިސާބުގައި ހުރި ސުނާމީ ބިނާގެ ދަގަނޑުތަކާއި އޭގައި ހަރުކޮށްފައި ހުރި ދަގަނޑު ބޯޅަތަކުގައި ވެސް މިހާރު ހުރީ ދަބަރު ޖަހައިފަ އެވެ. މި މައިޒާނުގެ މުޅި ކަރަންޓުގެ ނިޒާމުހެން ހުރީ ހަލާކުވެ ބަދަލު ކުރަން ޖެހޭ ހިސާބުގަ އެވެ. ސުނާމީ ބިނާގެ އެތެރޭގައި ހަރުކޮށްފައި ހުރި ލައިޓުތައް ހަލާކުވެ ވަޔަރުތައް ވެސް ހުރީ ހާމައަށް ފެންނާށެވެ. ބައެއް ތަންތަނުގައި ޖަހާފައި ހުރި ގާތައް ހުރީ ނެއްޓި އެކި ދިމަދިމާލުގަ އެވެ.

ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު މިކަމާ ގުޅިގެން "މިހާރު" އަށް ބުނީ މާލޭގެ މައިޒާންތަކާއި ޕާކުތަކުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަސައްކަތެއް ފެށުމަށް އެ ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށެވެ. ޑިސެމްބަރު މަހުގެ ކުރިން އެ މަސައްކަތް ފެށޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަށް ގުޅުމުން ފޯނު ނަންގަވާފައި ނުވާތީ އެ ބޭފުޅުންގެ ބަހެއް ނުލިބުނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިތަން ތަރައްގީ ކުރީ މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. މިތަން މަރާމާތުނުކޮށް ދޫކޮށްލާފައި އޮންނާތީ، އޭނާ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އޭރުގެ ސިޓީ ކައުންސިލަަށާއި ސަރުކާރަށް ވެސް ފާޑު ވިދާޅުވި އެވެ.

މާލޭ ހުޅަނގު ދެކުނު ފަރާތުގެ ތިން ރުއް ޕާކު ޒަމާނީ ފެންވަރުގައި ތަރައްގިީކޮށް، ކުރިން ލޮނު ޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ އެތަނަށް ގެންގޮސް، ސުނާމީ ބުނާ މައިޒާންގެ ނަމުގައި އެ ތަން އަލުން ހުޅުވީ މާޗު 13، 2016 ގަ އެވެ.