ބީއެމްއެލްގެ އެހީއާ އެކު ދިއްދޫގައި ކޮމިއުނިޓީ ޕާކެއް
ބީއެމްއެލްގެ އެހީއާ އެކު ދިއްދޫގައި ކޮމިއުނިޓީ ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް އިއްޔެ ހުޅުވައިފި އެވެ.

ބީއެމްއެލްގެ އެހީއާ އެކު ދިއްދޫގައި ކޮމިއުނިޓީ ޕާކެއް
ބީއެމްއެލްގެ އެހީއާ އެކު ދިއްދޫގައި ކޮމިއުނިޓީ ޕާކެއް

މި ޕާކު ތަރައްގީކޮށްފައިވަނީ ދިއްދޫގެ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުންނެވެ. މިއީ އެ ރަށުގެ ރައްޔިތުން އެއްވެ އުޅެން ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް ހުޅުވި ޕާކެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރަށުގެ ގޮނޑުދޮށާ ކައިރީގައި ހުޅުވި މި ޕާކުގައި ބާބަކިޔު ހެދުމާއި އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮށްލަން ތިބުމަށް ވަސީލަތްތައް ބަހައްޓާފައިވާނެ ކަމަށެވެ. އަދި ފޮތްހަރުގަޑެއް ވެސް އެ ޕާކުގައި ބަހައްޓާފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ މެމްބަރު ނަޝްވާން އިބްރާހިމް ބުނީ ދިއްދުއަކީ އާބާދީ ބޮޑު ރަށަކަށް ވިޔަސް އެންމެން އެއްކޮށް ވަގުތު ހޭދަކުރާނެ ޖާގަ ވަރަށް މަދު ކަމަށެވެ. އެހެންވެ، މި ޕާކު ހަދަން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ ކަމަށް އޭނާ ބުންޏެވެ.

"ދިއްދުއަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީ ނަމަވެސް ހިތް ފަސޭހަކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން މިރަށުގައި ވަރަށް މަދު. އެހެންވެ ރަށުގެ ރައްޔިތުންގެ ލާބަޔަށް އަޅުގަނޑުމެން ކުލަބުން ނިންމީ ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހަޅަން. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ މީހުންނަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން،" ނަޝްވާން ބުންޏެވެ.

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮންމެ ކުއާޓަރެއްގައި ވެސް މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000ރ. ކަނޑައަޅަ އެވެ.