އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

ފްރާންސްގެ ވިންސެންޓް ވިކްޓާ ކޮރެން ޕިޓާއޫ އާއި އޭނާގެ އަންހެނުން އާނާއަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަކީ ކޮންމެ އަހަރަކު ކުރުން "މަޖުބޫރު" ކަމެކެވެ. އެކަމަކު، އެ ދެމަފިރިންގެ މި އަހަރުގެ ރާއްޖެ ދަތުރު ވެގެން މިދިޔައީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ޗުއްޓީއަކަށެވެ. މިއަހަރުގެ އެއްމިލިއަން ވަނަ ޓޫރިސްޓަށްވުމަކީ ވިންސެންޓަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވިންސެންޓަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން ބޮޑުބެރު ގްރޫޕުގެ ފަރި ހަރަކާތާއެކު ވިންސެންޓާއި އޭނާގެ އަންހެނުންނަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި އިމިގްރޭޝަނާއި އެމްއޭސީއެލް އަދި މަޓީގެ އިސް ބޭފުޅުންނެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

މި ރަސްމިއްޔާތުގައި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ވިންސެންޓަށް ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީއެއް ހަދިޔާ ކޮށްފަ އެވެ. އަދި އެމްއޭސީއެލް އާއި މަޓީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އިމިގްރޭޝަނުން ވެސް ވަނީ އެ ދެމަފިރިންނަށް ހަދިޔާތަކެއް ދީފަ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

"މިހާރު"އާ ވާހަކަދައްކަމުން ވިންސެންޓް ބުނީ އޭނާ ރާއްޖެ އަންނަ ހިތްވަނީ ރާއްޖެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އެ ދެމަފިރިންނަކީ ވެސް ޑައިވް ކުރުމަށް ލޯބި ކުރާ ބައެއްކަން ފާހަގަކޮށް އޭނާ ބުނީ ރާއްޖެއަކީ އެކަމަށް އެންމެ އެކަށީގެންވާ މަންޒިލް ކަމަށެވެ. އަދި މިއީ އެ ދެމަފިރިންނަށް އެންމެ ކަމުދާ މަންޒިލް ކަމަށް ވެސް އޭނާ ބުންޏެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

ވިންސެންޓާއި އާނާ އެންމެ ފުރަތަމަ ރާއްޖެ އައީ 2003ގަ އެވެ. އެ ދަތުރުގައި ދިވެހިންގެ ހިތްހެޔޮ ކަމާއި ސަގާފަތާއި އާދަކާދަ ފެނި ދެމަފިރިންނަށް ވެސް ރާއްޖެއަށް ލޯބި ޖެހުނީ އެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެސް ވިންސެންޓް ބުންޏެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

"ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް. އަޅުގަނޑުމެން މަޑުކުރާ ރިސޯޓުތަކުގައި ތިބޭ މުވައްޒަފުންނަކީ ހަމަ އާއިލާ މީހުން ފަދަ ބައެއް. ފުރަތަމަ ދަތުރަށްފަހު ގައުމަށް ދިޔަ ފަހުން ރާއްޖެއަށް ސުނާމީ އެރީ. ވަރަށް ދެރަވި. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ބޭނުންވީ ވީވަރަކުން އެހީވާން. އެހެންވެ އެފަހަރު ޑޮނޭޝަން ވެސް ދިނިން،" ވިންސެންޓް ކިޔައިދިނެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް

މި ދެމަފިރިން މިފަހަރު ޗުއްޓީ ހޭދަ ކުރާނީ ކްލަބް މެޑް ރިސޯޓުގަ އެވެ. މި ދެމަފިރިން އެ ރިސޯޓުގައި 11 ދުވަސް ހޭދަ ކުރާނެ އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހު އަނެއްކާ ވެސް ރާއްޖެ އަންނާނެ ކަމަށް އާނާ ބުންޏެވެ.

ރާއްޖެއަށް މިއަހަރު އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު މިއީ މިއަހަރު އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރި އަދަދެވެ. މިއަހަރު ނިމޭއިރު 1.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް މިހާރު ލަފާ ކުރެ އެވެ.