ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފުރަތަމަ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ދެ ވަނަ ފިޔަވައްސަށް ވަންނަ ބޮޑު މަގު ކައިރީގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ "މަސްޖިދުލް އަމީލް ޖަލީލް" މިއަދުގެ ހުކުރު ނަމާދަށް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

މި މިސްކިތް އިމާރާތްކުރީ އޮގަސްޓް 24، 1994 ގައި ނިޔާވި މާލެ، ގ. ފަހިވާގެ އަހްމަދު އަމީލް ޖަލީލްގެ ހަނދާނުގައި، އޭނާގެ ދެ ކުދިންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

މި މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީން ބިން ދޫކުރީ 2018 ގަ އެވެ. އެއީ 16،400 އަކަ ފޫޓުގެ ބިމެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

މި މިސްކިތުގައި 480 މީހުންގެ ޖާގަ އޮންނައިރު މިސްކިތުގެ ހަރިއްމަ ތެރޭގައި 650 މީހުންނަށް އެއް ފަހަރާ ޖަމާއަތުގައި ނަމާދުކުރެވޭނެ އެވެ. ދެ ފަންގިފިލާ އަށް އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަތީ ބައިގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ވެސް ވަނީ ހަދައިފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީން އިމާރާތްކުރި މި މިސްކިތުގެ ޑިޒައިން ހަދައިފައި ވަނީ އިންސައިޑް ޕްލަސް ކިޔާ ކުންފުންޏަކުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ދެވަނަ ފިޔަވަހީގައި މީހުންގެ ދިރިއުޅެން ފަށާފައިވާ ހިޔާ ފުލެޓްތައް ކައިރީގައި ސަރުކާރުން މިހާރު އަންނަނީ ވަގުތީ މިސްކިތެއް ވެސް އިމާރާތްކުރަމުންނެވެ. ސަރުކާރުން އެ ސަރަހައްދުގައި ވަގުތީ ތިން މިސްކިތް އަޅަން ނިންމާފައިވާއިރު، އެއް މިސްކިތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.