28 އޮކްޓޯބަރ 2021 - 11:11

ސްޕޯޓްސް ރިހެބިލިޓޭޝަނަށް ޑްރައި ކަޕިން އާއި ޑްރައި ނީޑްލިންގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފު ކޮށްފި އެވެ.

ޓްރީޓޮޕްގެ ރިހިބިލިޓޭޝަން ޑިޕާޓްމަންޓުން ތައާރަފު ކުރި މި ހިދުމަތްތަކުގެ ސަބަބުން، ތަދު ކަނޑުވައި ހަރުވެފައިވާ މަސްތަކަށް އެހީ ފޯރުކޮށްދީ ހަށިގަނޑުގައި ލޭ ދައުރުވުން ފަސޭހަ ކޮށްދޭނެ އެވެ.
ޑްރައި ކަޕިންގެ ފަރުވާގައި ބޭނުން ކުރާނީ ޕްލާސްޓިކް ސަކްޝަން ކަޕްސް އެވެ. އަދި ޑްރައި ނީޑްލިން ހެދުމުގައި ބޭނުންކުރާނީ އެކިއުޕަންޗާ ކަށިތަކެވެ. މި ހިދުމަތް ދޭނީ ހަށިގަނޑުގެ "މަސްކިއުލޮސްކެލެޓަލް ސިސްޓަމް"ގެ ސޮފްޓް ޓިޝޫތަކަށް ކަށި ލައްވައިގެންނެވެ.
މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ ޓްރީޓޮޕްގެ ޗީފް ފިޒިއޯތެރަޕިސްޓް ވިމާލް ރަފައެލް އެވެ. އޭނާ އަކީ އިންޑިއާގެ ޑރ. އެމްޖީއާރު މެޑިކަލް ޔުނިވާސިޓީން ބެޗެލާސް ހާސިލްކޮށް، ފިޒިއޯތެރަޕީ ދާއިރާއިން އަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ޓްރީޓޮޕްގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ވެސް ހިމެނެއެވެ. މި ޑިޕާޓްމަންޓަކީ އަނިޔާއަކަށް ނުވަތަ ބައްޔަކަށްފަހު މީހާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީވުމުގައި ހާއްސަ ޓީމެއް ހަރަކާތްތެރިވާ ޑިޕާޓްމަންޓެކެވެ.
ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ފަހުގެ ވަސީލަތްތައް ބޭނުން ކޮށްގެން އާ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރަމުންނެވެ.