ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް
ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް

ސްވިމިން އެސޯސިއޭޝަނުން ބޭއްވި ފެތުމުގެ މުބާރާތް، ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ އެންމެ ޝަރަފްވެރި ވަނަތައް މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހްމަދު ހޯދައިފި އެވެ.

ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް
ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް

ރޭ ނިންމާލި މުބާރާތުގެ އެކި އިވެންޓްތަކުން ވަނަ ވަނަ އަށް ދިޔަ ފެތުންތެރިންނަށް އިނާމު ދީ ނިމުމަށް ފަހު އެންމެ ފަހުން އޮތީ އެންމެ ޝަރަފްވެރި އިނާމު ކަމަށްވާ، ފެންމުތުގެ ޝަރަފް ދިނުމެވެ. ދިވެހި ކުޅިވަރުގެ ހިދުމްތްތެރިޔާ ސައްޔިދު އަލީގެ އަތުން ދެއްވި ހަނދާނީ އައްޑަނަ އާން އަށް ލިބުނީ ފިރިހެން އިވެންޓްތަކުން އެންމެ ގިނަ ރަން ވަނަ ހޯދާފައި ވުމުންނެވެ. އަންހެން އިވެންޓްތަކުން އެންމެ ގިނަ ރަން ވަނަ ހާސިލު ކުރީ ހަމްނާ އެވެ.

ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް
ޗެމްޕިއަންސް އޮފް ޗެމްޕިއަންގެ ރަންވަަނަ އާން އަދި ހަމްނާއަށް

އާން ވަނީ 14 ކެޓެގެރީން އެއް ވަނަ ހޯދައިފަ އެވެ. ހަމްނާ ވަނީ 12 ކެޓެގެރީން އެއް ވަނަ ހޯދައިފަ އެވެ. ފެންމުތުގެ ޝަރަފްގެ އެވޯޑާ އެކު ހަމްނާ އާއި އާން އަށް ވަނީ ކޮންމެ ފެތުންތެރިޔަކަށް 10،000ރ. ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.

* މިޑްލޭ 400 މީޓަރު - ރޭސް ނިންމީ 05.20.42 އިން

* ބެކްސްޓްރޯކް 100 މީޓަރު - ރޭސް ނިންމީ 01.06.14 އިން

* ބެކްސްޓްރޯކް 200 މީޓަރު - ރޭސް ނިންމީ 02.19.47 އިން

* ބަޓަފްލައިސްޓްރޯކް 100 މީޓަރު - ރޭސް ނިންމީ 01.04.08 އިން

* ބްރެސްޓްސްޓްރޯކް 100 މީޓަރު - ރޭސް ނިންމީ 01.17.53 އިން

* ބަޓަފްލައިސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.27.76 އިން

* ބެކްސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.29.88 އިން

* ފްރީސްޓައިލް 200 މީޓަރު - ރޭސް ނިންމީ 02.08.03 އިން،

* ބްރެސްޓްސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.35.34 އިން

* ފްރީސްޓައިލް 400 މީޓަރު - ރޭސް ނިންމީ 04.37.03 އިން

* މިޑްލޭ 100 މީޓަރު - ރޭސް ނިންމީ 01.05.56 އިން

* މިޑްލޭ 200 މީޓަރު - ރޭސް ނިންމީ 02.29.08 އިން،

* ފްރީސްޓައިލް 100 މީޓަރު - ރޭސް ނިންމީ 00.58.63 އިން

* ފްރީސްޓައިލް 50 މީޓަރު - ރޭސް ނިންމީ 00.25.67 އިން

އެހެން ކެޓެގެރީތަކުން އެއް ވަނަ ގެންދިޔަ ފެތުންތެރިންނަކީ ފިރިހެން ބަޓަފްލައިސްޓްރޯކް 200 މީޓަރުން އެއް ވަނަ ހޯދި މުހައްމަދު ރިހާން ޝިހާމް، ބަޓަފްލައި ސްޓްރޯކް އަންހެން ކެޓެގެރީން އެއް ވަނަ ހޯދި ފާތިމަތު ޒުހާ ޒިޔާދު އެވެ. ޒުހާ ވަނީ ބަޓަފްލައި ސްޓްރޯކް 100 މީޓަރުން ވެސް ވަނަ ހޯދާފަ އެވެ. ރިހާން ވަނީ ބްެސްޓްސްޓްރޯކް 200 މީޓަރުން އެއް ވަނަ ހޯދާފަ އެވެ. ބްރެސްޓްސްޓްރޯކް 200 މީޓަރު އަންހެން ކެޓެގެރީން އެއް ވަނަ ހޯދީ އައިޝަތު އާލިން އަފްސަލް

ޗެމްޕިއަންސް އޮފް ޗެމްޕިއަންގައި ވާދަ ކުރީ 2019 ވަނަ އަހަރު އެކި މުބާރާތްަކުން ވަނަވަނަ ހޯދި ފެތުންތެރިންނެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު މުބާރާތްތައް ބޭއްވޭ ގޮތެއް ނުވި އެވެ.

* ބްރެސްޓް ސްޓްރޯކް 100 މީޓަރު - ރޭސް ނިންމީ 01.22.07 އިން

* ބެކްސްޓްރޯކް 200 މީޓަރު - ރޭސް ނިންމީ 02.59.76 އިން

* ބްރެސްޓްސްޓްރޯކް 100 މީޓަރު - ރޭސް ނިންމީ 01.33.33 އިން

* ބެކްސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.35.13 އިން

* ފްރީސްޓައިލް 200 މީޓަރު - ރޭސް ނިންމީ 02.44.34 އިން

* ބްރެސްޓްސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.40.82 އިން

* ފްރީ ސްޓައިލް 400 މީޓަރު - ރޭސް ނިންމީ 05.49.60 އިން

* މިޑްލޭ 100 މީޓަރު - ރޭސް ނިންމީ 01.20.44 އިން

* ބަޓަފްލައިސްޓްރޯކް 50 މީޓަރު - ރޭސް ނިންމީ 00.34.55 އިން

* މިޑްލޭ 200 މީޓަރު - ރޭސް ނިންމީ 03.02.48 އިން

* ފްރީސްޓައިލް 100 މީޓަރު - ރޭސް ނިންމީ 01.12.85 އިން

* ފްރީސްޓައިލް 50 މީޓަރު - ރޭސް ނިންމީ 00.31.83