27 އޮކްޓޯބަރ 2021 - 23:47

މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތަކީ ލާމަރުކަޒު ކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އުފަން ރަށް ފުވައްމުލަކުގެ ހިފްޒު ކޮމިޓީ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ،
އެ ކޮމިޓީގެ މަސައްކަތް އެ ސިޓީގައި ފެށުމާއެކު، ވަރަށް ބޮޑު ތަކުލީފަކުން ސަލާމަތްވެ، ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ ކަމަށެވެ. ފުވައްމުލަކުގައި ތިބެގެން ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
ފައިސަލް ވިދާޅުވިގޮތުގައި، މާލެ އިން ބޭރުގައި ހިފްޒު ކޮމިޓީ އިފުތިތާހު ކުރެއްވުމުގެ ބޭނުމަކީ ވެސް ލާމަރުކަޒު ކުރުމެވެ.
އެ ކޮމިޓީގައި ތިން މެމްބަރަކު ތިއްބަވަ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ރައިސާ އެކު ތިއްބަވާ ދެ މެމްބަރެކެވެ.
ހުރިހާ ހިދުމަތެއް މާލޭ ސަރަހައްދަށް ޖަމާކޮށްފައި ބޭއްވުމުގެ ބަދަލުގައި މި ސަރުކާރުން ވައުދުވީ ލާމަރުކަޒު ކުރުމަށެވެ. އޭގެ ދަށުން ސަރުކާރުގެ އޮފީސްތަކުން ލިބޭ ހިދުމަތްތައް ވެސް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ސަރުކާރުން ބުނެ އެވެ.