އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންނަށް އެވޯޑްދީފި
އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންނަށް އެވޯޑްދީފި

އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކުރި 265 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑް ދީފި އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގައި 20 އަހަރާއި 25 އަހަރާއި 30 އަހަރާއި 35 އަހަރާއި 40 އަހަރު ހޭދަކުރި މުވައްޒަފުންނަށް އެވޯޑް ދީފައިވެ އެވެ. ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި 240 މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑް ދީފައިވެ އެވެ. އަދި ރިޓަޔަމަންޓް އެވޯޑް 25 މުވައްޒަފުންނަށް ދީފައިވެ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ، އެ ކުންފުނީގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ހޯދައިދޭން މަސައްކަތް ކުރައްވާ ކަމަށެވެ.

އެމްއޭސީއެލްގައި 3،400 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ ރާއްޖޭގައި ވެސް އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.