ބީއެމްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް
ބީއެމްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް

ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރިވާޑް ޕޮއިންޓްތައް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް
ބީއެމްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް

"ބީއެމްއެލް ރިވާޑްސް" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ މި ރިވާޑުތައް ބޭނުންކޮށްގެން 900 އަށްވުރެ ގިނަ އެއާލައިނުން ޓިކެޓު ނެގުމާއި 650،000 ހޮޓަލެއްގެ ކޮޓަރި ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި ގިފްޓްކާޑު ގަތުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް އާއި ވިސާ އަދި މާސްޓަ ކާޑު ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް ބޯނަސް ޕޮއިންޓު ވެސް ލިބޭނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން އެ ބޭންކުގެ ކްރެޑިްޓް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާއި ފައިދާތައް ލިބޭނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ކަސްޓަމަރުން މި ލޯޔަލްޓީ ޕްރޮގްރާމުގެ ފައިދާ ނެގުމަށް އޭނާ ވަނީ އެދިފަ އެވެ.

"ކްރެޑިޓް ކާޑަކީ ރާއްޖޭން ބޭރުގައި ވެސް ފަސޭހަކަމާއެކު، ރައްކާތެރިކަމާއެކު ބޭނުން ކުރެވޭ ކާޑެއް. މިއަދު ތައާރަފ ކުރި މި ޕްރޮގްރާމް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރު ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާތައް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.

- އެމެރިކަން އެކްސްޕްރެސް ގްރީން: ރަޖިސްޓްރީ ބޯނަސް 1،000 ޕޮއިންޓް، ހޭދަކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 10 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 11 ޕޮއިންޓް.

- އެމެރިކަން އެކްސްޕްރެސް ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 16 ޕޮއިންޓް.

- އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 25 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 26 ޕޮއިންޓް.

- މާސްޓަ ކާޑް ސްޓޭންޑަޑް: ރަޖިސްޓްރީ ބޯނަސް 1،000 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 10 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 10 ޕޮއިންޓް.

- މާސްޓަ ކާޑް ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 15 ޕޮއިންޓް.

- މާސްޓަ ކާޑް ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 20 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 20 ޕޮއިންޓް.

- މާސްޓަ ކާޑް ވޯލްޑް: ރަޖިސްޓްރީ ބޯނަސް 4،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 25 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 25 ޕޮއިންޓް.

- ވިސާ ކްލެސިކް: ރަޖިސްޓްރީ ބޯނަސް 1،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 15 ޕޮއިންޓް.

- ވިސާ ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 22 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 23 ޕޮއިންޓް.

- ވިސާ ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 30 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 31 ޕޮއިންޓް.

- ވިސާ ސިގްނޭޗާ: ރަޖިސްޓްރީ ބޯނަސް 5،000 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 38 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 38 ޕޮއިންޓް.