އައްޑޫން މި މަހު ކޮވިޑްގައި ހަތަރު މަރު
އައްޑޫން މި މަހު ކޮވިޑްގައި ހަތަރު މަރު

ކޮވިޑް-19 ޖެހިގެން އައްޑޫގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި މަރުވީ 86 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. މި މަހުގެ ތެރޭގައި ކޮވިޑްގައި އައްޑޫން މަރުވި ހަތަރު ވަނަ މީހާ އެވެ.

އެންމެ ފަހުން ކޮވިޑްގައި އައްޑޫން މީހަކު މަރުވީ މި މަހުގެ 18 ގަ އެވެ. ރޭގެ މަރާ އެކު މިއީ ކޮވިޑްގައި އައްޑޫން މަރުވި 7 ވަނަ މީހާ އެވެ. މީގެ ތެރެއިން އެކަކީ ފުވައްމުލަކުން އައްޑު އަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 8 ގައި 92 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 241 އަށް އަރައިފަ އެވެ.