ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ
ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ

ކަނުހުރާގެ ގުދުރަތީ ރީތިކަމުގައި ޔުނީކް އެއް ޕޮއިންޓަކީ އޯކިޑް ބަގީޗާ އެވެ. އެތަނުން ފެންނަނީ އޯކިޑަށް އޮތް ލޯތްބެވެ. އެންމެ ހާއްސައީ "ކަނުހުރާ ޑެންޑްރޯބިއަމް"ގެ ނަން ދީފައިވާ މަލެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކުން އެ އޯކިޑެއް ނުފެންނާނެ އެވެ. ރީނދޫ ކުލައިގެ އެ މާ ހައްދާފައި ވަނީ ކަނުހުރާއަށް ހާއްސަކޮށްގެންނެވެ.

ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ
ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ

އެ އޯކިޑާ އެކު އެތަނުގައި ތަފާތު ހަތް ވައްތަރެއްގެ 16,000 އޯކިޑް ގަސް އެބަހުއްޓެވެ.

ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ
ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ

ކަނުހުރާގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް އަހްމަދު ރިޒާ ވިދާޅުވީ ކަނުހުރާ އޯކިޑުން ފޮޅުނީ 2013 ގައި ފެށި ކުޑަ ޕްރޮޖެކްޓަކުން ކަމަށެވެ. ރަށުގެ ރީތިކަން އޯކިޑާ ގުޅުވަން ސްރީ ލަންކާއިން ފުރަތަމަ ގެނައީ 400 އޯކިޑް ގަހެވެ. އޭގެތެރެއިން ހެދި، މާ އެޅީ މަދު ގަހެއްގަ އެވެ. އެހެންވިޔަސް އެކި ގޮތްގޮތަށް އަޖުމަ ބަލަމުން ގޮސް އޯކިޑް ހެދޭނެ ގޮތްތައް ހޯދީ އެވެ.

ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ
ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ

އެއްތަނަކުން އެހާ ގިނަ އޯކިޑްގެ ތެރެއަށް ވަދެވުމުން ގެސްޓުންނަށް ލިބޭ ހިތްހަމަޖެހުމަކީ، ރިޒާ ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ ކާމިޔާބީ އެވެ.

ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ
ކަނުހުރާގެ 16،000 ގަހުގެ އޯކިޑް ބަގީޗާ

ޑެންޑްރޯބިއަމްގެ ނަން ދީ ކަނުހުރާއަށް އޯކިޑެއް ހާއްސަކުރަން ނިންމީ އެ ބަގީޗާ ގެސްޓުންގެ މެދުގައި މަގްބޫލުވުމުންނެވެ.

"މިއީ ހަމައެކަނި ކަނުހުރާގައި ހުންނާނެ އޯކިޑެއް،" ރިޒާ ވިދާޅުވި އެވެ.

ޑެންޑްރޯބިއަމްގެ ގާތްގަނޑަކަށް 30 ގަސް މާ އަޅާފައި ހުރިއިރު، 100 އަށް ވުރެން ގިނަ ކުދި ގަސްތައް ވަނީ ހައްދައިފަ އެވެ.

އޯކިޑް ގަހެއް މާ އަޅާ ވަރަށް ތައްޔާރުކުރެވެނީ ގާތްގަނޑަކަށް ދެ މަސް ތެރޭގަ އެވެ. މާ އަޅާތާ 45 ދުވަސް ފަހުން އެ ގަސް ވަކި ބެޑެއްގައި އަތުރައި އަނެއްކާވެސް އިތުރު ގަސްތައް ފަޅުވަ އެވެ. އޯކިޑަށް ކަނުހުރާގައި ދެނީ ވާރޭފެނެވެ.

"އެހެން ފެނަކުން މި އޯކިޑްތައް ރަނގަޅަށް ނުހެދޭ،" ރިޒާ ވިދާޅުވި އެވެ.

ކަނުހުރާގެ ކުޑަ ޕްރޮޖެކްޓަކުން ހެދުނު ބޮޑު ބަގީޗާ ޓޫރިސްޓުން ސިފަކުރަނީ އެފަދަ ދެވަނައެއް ނެތް ތަނެއްގެ ގޮތަ އެވެ.