އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

"ގައުމީ ފިކުރު" ސްލޯގަން އަކަށް ނެރެގެން އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ހިމަނައިފި އެވެ.

އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

އެމްއެންޕީ އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ މަހު އެވެ.

އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

މި މަހުގެ ކުރީކޮޅު ވަނީ އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި މަގާމުތަކަށް މީހުން އައްޔަންކޮށްފަ އެވެ. ޕާޓީގައި ޖުމްލަ ހަ ނައިބު ރައީސުން ތިބޭ އިރު، ރައީސް އަކީ ދަނގެތި ދާއިރާ މެންބަރު މުހައްމަދު ނާޒިމް އެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު، އެމްއެންޕީގެ ލީޑަޝިޕުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީން ނުކުތީ ގައުމީ މަސައްކަތެއްގައި ރާއްޖޭގެ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް ލާބަހުރި މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ.

އެންމެ އިސްކަންދޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށް ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމުގެ ޝިޔާރުގައި މަސައްކަތްކުރުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އަޅުގަނޑުމެންނަށް ޕާޓީއެއްގެ ރިކޮގްނިޝަން އިރާދަކުރެއްވިއްޔާ މާދަމާ މަޖިލީހުގައި ލިބޭނެ ކަމަށް. މަޖިލީހުގައި އަޅުގަނޑުމެންގެ ރިކޮގްނިޝަން ލިބޭ ހިސާބުން ފެށިގެން މަޖިލީހުގައި ހިމެނޭ ތިން މެންބަރުން، އަޅުގަނޑާ އެކުގައި މެންބަރު ރިޔާޒު އަދި އަބްދުﷲ އުޝާމް ގުޅިގެން މަސައްކަތްތައް އަޅުގަނޑުމެން ފަށާނަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން އެމްއެންޕީގެ އެކި ޓީމްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އެކަން ނުވެއްޖެ ނަމަ ކަނޑައަޅާފައިވާ ރާއްޖޭގެ ފަސް ސަރަހައްދަކަށް ޒިޔާރާތްކޮށް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީގެ އަމާޒު ހިފާފައި ވަނީ މި އަހަރު ނިމޭއިރު 10،000 މެންބަރުން ހަމަ ކުރުމެވެ. އެ ޕާޓީގެ އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ.