އިންޓަ އަތުން ބަލިވާން ދަނިކޮށް ވީއޭއާރުން ޔުވެންޓަސް ސަލާމަތްކޮށްދީފި
އިންޓަ އަތުން ބަލިވާން ދަނިކޮށް ވީއޭއާރުން ޔުވެންޓަސް ސަލާމަތްކޮށްދީފި

މިލާން (އޮކްޓޯބަރު 25) - އިޓާލިއަން ލީގުގައި އިންޓަ މިލާނާ ވާދަކޮށް މެޗުން ބަލިވާން ދަނިކޮށް ވީއޭއާރުގެ އެހީގައި ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސް ސަލާމަތް ކޮށްދީފި އެވެ.

އިންޓަ އާއި ޔުވެންޓަސް ބައްދަލުކުރި މި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

އިންޓަ ގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓައިން ލީޑު ނެގީ 17 ވަނަ މިނެޓުގައި އެޑިން ޒެކޯ ޖެހި ލަނޑުންނެވެ. ޒެކޯ މި ލަނޑު ޖެހީ، އިންޓަގެ ހަކަން ކަލްހަނޮގްލޫ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލް ފްރޭމްގެ ކަނުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޔުވެންޓަސް އަތުގައި ނަސީބު ހިފީ، އިންޓަގެ ފަހަތުން ބޯޅަ ކްލިއާ ކޮށްލަން އުޅުމުގެ ތެރޭގައި ޑެންޒެލް ޑަމްފްރީސް ކުރި ކުށަކާ ގުޅިގެން، ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއިންނެވެ. ރެފްރީ ފުރަތަމަ ޕްލޭ އޮން އަށް ދޫކޮށްލި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ކަމަށް ނިންމުމުން އިންޓަ ގެ ކޯޗު ސިމިއޯނީ އިންޒާގީ ރެފްރީއާ ޒުވާބުކުރުމުން އޭނާއަށް ވަނީ ރަތް ކާޑު ދަައްކަައި ބެންޗުން ފޮނުވާލައިފަ އެވެ.

މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މި ޕެނަލްޓީ އިން ޔުވެންޓަސް އަށް ޕޮއިންޓެއް ހޯދައިދިނީ ޕައޮލޯ ޑިބާލާ އެވެ.

ޔުވެންޓަސް އަށް މެޗު ކާމިޔާބު ނުކުރެވުމުން އެޓީމަށް ވަނީ ރޭގެ މެޗް ކާމިޔާބު ކޮށްގެން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ނަގާލައިފަ އެވެ. އެޓީމު ހަތަރު ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.