ޓެކްސީއަކަށް އެރި ދެ މީހަކު ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިއްޖެ
ޓެކްސީއަކަށް އެރި ދެ މީހަކު ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިއްޖެ

މާލެއިން ހުޅުމާލެއަށް ދާން ޓެކްސީއަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިއްޖެ އެވެ.

ފުލުހުން ބުނީ މަޖީދީމަގުން ހުޅުމާލެއަށް ދާން ޓެކްސީއެއް ނެގި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ބިރު ދައްކައިގެން ޓެކްސީ ޑްރައިވަރު އަތުން 700ރ. ފޭރުނު މީހުން ޓެކްސީން ފައިބައިގެން ދިޔައީ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ބަލަމުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.

ހުޅުމާލޭގައި 2019 ވަނަ އަހަރު ވަނީ ޓެކްސީ ޑްރައިވަރެއްގެ އަތުން ފޭރެން މަސައްކަތްކޮށް ޑްރައިވަރަށް ވަޅިން ހަމަލާދީ މަރާލައިފަ އެވެ.