ބޮލީވުޑްގެ ބައެއް ތަރިން، ސޯޝަލް މީޑިއާގައި މަރަނީ!
ބޮލީވުޑްގެ ބައެއް ތަރިން، ސޯޝަލް މީޑިއާގައި މަރަނީ!

ބޮލީވުޑް މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާ އިން ދޮގު ޚަބަރެއް ފެތުރި އެވެ. މި ޚަބަރާ އެކު ސްޓްރެޗަރެއްގައި އައިޝްވަރިޔާ އޮށޯވެގެން އޮތް ފޮޓޯއެއް ވެސް ދައުރުވި އެވެ.

ބޮލީވުޑްގެ ބައެއް ތަރިން، ސޯޝަލް މީޑިއާގައި މަރަނީ!
ބޮލީވުޑްގެ ބައެއް ތަރިން، ސޯޝަލް މީޑިއާގައި މަރަނީ!

އެ ޚަބަރުގައި ބުނެފައިވަނީ ބައްޗަން އާއިލާ އާއި އައިޝްވަރިޔާގެ އަރައިރުން އިންތިހާއަށް ގޮސް ނިދާ ބޭސްތަކެއް ކައިގެން މަރުވާން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެއީ ބުހުތާނު ދޮގެވެ. އައިޝްވަރިޔާ އެފަދަ އަމަލެއް ހިންގާފައެއް ނުވެ އެވެ. އަދި ބައްޗަން އާއިލާއާ އެކު އޭނާ އުޅެމުން އަންނަނީ އުފާވެރި ދިރިއުޅުމެކެވެ.

ފިލްމީ އެކި ތަރިން މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފެތުރުމަކީ އަލަށް ކުރާ ކަމެއް ނޫނެވެ. އަމީތާބު ބައްޗަން މަރުވެއްޖެ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހު ވަޓްސްއަޕްގައި މީހަކު ޕޯސްޓްކުރި މެސެޖެއް، ވަރަށް ބޮޑަށް ފެތުރުނެވެ.

އެ ޚަބަރުގައި ވަނީ ފެބްރުއަރީ 23، 2016 ގައި އަމީތާބު މަރުވެއްޖެ ކަމަށާއި ތައުޒިޔާ ފޮނުވަން ބޭނުން މީހުން އެ ޕޭޖަށް ލައިކް ކުރުމަށެވެ.

ނޮވެމްބަރު 2013 ގައި ބޮލީވުޑް ބަތަލާ ކެޓުރީނާ ކައިފް މަރުވި ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ޚަބަރެއް ފެތުރުނެވެ. މި ޚަބަރާ އެކު ކެޓުރީނާގެ ފޭނުން ވަރަށް ދެރަވެގެން އުޅުނެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ދޮގެއް ކަމެވެ.

ފުއްޕާ މޭގައި ޖަރާސީމު އުފެދި ރަޖްނީކާންތު މަރުވި ކަމަށް ބުނެ 2011 ގައި ފެތުރި ހަބަރުން އެތައް ބަޔަކު ހިތާމަކުރި އެވެ. ތަމަޅައިންގެ އެންމެ މަޝްހޫރު ފިލްމީ ތަރި މަރުވިކަމުގެ އެ ހަބަރާ އެކު އެތައް ބަޔަކު އަމިއްލަ އަށް މަރުވަން ވެސް މަސައްކަތްކުރި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވެއްޖެ ކަމަށް ބުނެ މާޗު 2014 ގައި ފެތުރުނު ހަބަރާ އެކު ވަގުތުން ތައުޒިޔާގެ މެސެޖުތައް ފޮނުވަން ފެށި އެވެ. އެ ޚަބަރު ދޮގުކަން ޔަގީންކޮށްދިނީ ޚުދް ލަތާ ކުރި ޓުވީޓަކުންނެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު މަރުވެއްޖެ ކަމަށް ބުނެ ދޮގު ޚަބަރުތަކެއް ފެތުރީ ދާދި ފަހުންނެވެ. ގިނަ ބަޔަކަށް އެ ޚަބަރު ގަބޫލުކުރެވުނީ ދިލިޕްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ދުވަސްވަރަކަށް ވާތީ އެވެ.

ހާޓް އެޓޭކެއް ޖެހިގެން މާދުރީ ޑީކްޝިޓް މަރުވެއްޖެ ކަމަށް ވެސް ތަންކޮޅެއް ކުރިން ޚަބަރު ފެތުރުނެވެ. ފަހުން ހަގީގަތް ސާފުވި އިރު މަރުވީ އެ ނަން ކިޔާ އެހެން މީހެކެވެ.