ފުޑްކޯޓުގައި ހިންގި މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ
ފުޑްކޯޓުގައި ހިންގި މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ

މާލޭގެ ފުޑް ކޯޓްގެ ކެފޭއެއްގައި ރޭ ދަންވަރު ބަޔަކު ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މާރާމާރީ ހިންގީ ފުޑްކޯޓުގެ ވިލިމާލޭ ފެރީޓާމިނަލާ ދިމާލުގައ ހުންނަ "ސިޓީ ޓޭސްޓް" ގަ އެވެ.

ފުލުހުން ބުނީ، އެ ކެފޭގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގައި ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓް ރޭ ދަންވަރު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި މާރާމާރީގައި އަނިޔާވި ދެ ބިދޭސީންނަށް ފަރުވާ ދިނުމަށް ރޭ އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ސިޓީ ޓޭސްޓުން ވާހަކަ ދެއްކި ބިދޭސީއަކު ބުންޏެވެ.

މި މާރާމާރީ ހިންގީ ކެފޭ އަށް ދިޔަ ބައެއްގެ ގާތު ބިލަށް ފައިސާ ދައްކަން ބުނުމުންނެވެ. އެކަމާ ދެކޮޅު ހަދައި އެ މީހުން ވަނީ އެ ތަނުގައި ހުރި ޕޭވްމަންޓް ގާތަކުން ދެ ބިދޭސީ އަކަށް ހަމަލަދީފަ އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލިއިރު ތަނުގައި ހުރި ބައެއް ސާމާނަށް ވެސް ގެއްލުން ދިނެވެ.

އެކަމަކު އެތަން ސާފުކޮށް މިއަދުގެ ހެނދުނުން ފެށިގެން ކެފޭ އިން އަންނަނީ ހިދުމަތް ދެމުންނެވެ.