ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބޭނުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައިފި
ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބޭނުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައިފި

ކ. ގުރައިދޫ ފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފި އެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބޭނުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައިފި
ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބޭނުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައިފި

އެ މަޝްރޫއު ހަވާލު ކޮށްފައިވާ އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ނިންމައިލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކަން 13.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، 1.7 ހެކްޓަރުގެ ބިން ހިއްކައި ބޮޑުހިލައިގެ ރިވެޓްމަންޓާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާލައިފަ އެވެ.

ޕިކްނިކް އައިލެންޑުގެ އިތުރުން އެމްޓީސީސީން ވަނީ ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ މަހު ނިންމާލައިފަ އެވެ. އެއީ އެ ރަށުގެ 15 ހެކްޓަރުގެ ބިމާއި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 85.04 މިލިއަން ރުފިޔާއަށެވެ.