ކްލަބް މޯލްޑިވްސް ކަޕް އަންނަ މަހުގެ 20 ގައި ފަށަނީ
ކްލަބް މޯލްޑިވްސް ކަޕް އަންނަ މަހުގެ 20 ގައި ފަށަނީ

ސަރުކާރުގެ އޮފީސްތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓް އަންނަ މަހުގެ 20 ގައި ފަށަން ނިންމައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އޮގަނައިޒިން ކޮމިޓީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ ހަތަރެއްގައި ބާއްވަން ކުރިން ނިންމާފައިވާ އޮފީސްތަކުގެ ފުޓުބޯޅަ މުބާރާތް އެ މަހުގެ 20 ވަނަ ދުވަހަށް ފަސްކުރީ ދަނޑު ލިބުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށެވެ.

އެ މުބާރާތް ކުރިއަށް ގެންދާނީ މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ މަހުގެ 20 އިން އަންނަ ޑިސެމްބަރު 21 އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މި ފަހަރު 32 ޓީމެއް ބައިވެރިވެ އެވެ. އަންހެން ފުޓްސަލް ފިއެސްޓްގައި ބައިވެރިވަނީ އަށް ޓީމެކެވެ.

މިދިޔަ ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައި ވަނީ ބީއެމްއެލުންނެވެ. އަދި އަންހެނުންގެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ އެމްޕީއެލް އެވެ.