ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި ރޯވެއްޖެ
ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި ރޯވެއްޖެ

މާލޭގައި ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ އިމާރާތުގެ ތިން ވަނަ ބުރީގައި ރޯވުމާ އެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ އެތަނުން މީހުން ހުސްކުރި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އަލިފާން ރޯވީ ޑޮނާޑް ގާމެންޓްސްގެ ގުދަނެއްގައި ކަމަށް ވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ދިރިއުޅުއްވަނީ އެ ގޭގަ އެވެ. އިމާރާތުން މީހުން ހުސްކުރިއިރު އޭނާ ވެސް އިމާރާތުގެ ތެރޭގައި ހުންނެވި އެވެ.

އިމާރާތުގައި ރޯވަން ދިމާވި ސަބަބު އަންނަނީ ތަހުގީގު ކުރަމުންނެވެ.