އީއައިއޭއާ ހިލާފުވުމުން ފާރުފުށި 275،000ރ. އިން ޖޫރިމަނާކޮށްފި
އީއައިއޭއާ ހިލާފުވުމުން ފާރުފުށި 275،000ރ. އިން ޖޫރިމަނާކޮށްފި

ރ. އަތޮޅުގައި ފާރުފުށި އިންވެސްޓްމަންޓްސް އިން ހުޅުވި ފާރުފުށި ރިސޯޓުން އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ ހިލާފުވުމުން 275،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން މިއަދު އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާ ހިލާފަށް އެ ރިސޯޓު ތަރައްގީކުރި ކުންފުނިން މަސައްކަތް ކޮށްފައިވާތީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާކުރީ އެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އީޕީއޭ އަށް 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.

"ފާރުފުށި މޯލްޑިވްސް" ހުޅުވީ 2019 ވަނަ އަހަރު އެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 80 ވިލާ ހިމެނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެ ރިސޯޓު ވިއްކާލަން ބޭނުންވެގެން ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާންކޮށްފަ އެވެ.