06 ޑިސެމްބަރ 2016 - 10:18

އެމްޕީއެލްގެ ސީއީއޯ މުހައްމަދަށް ޖުނެއިދަށް ބިރުދައްކައިގެން އެތަނުގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖުނެއިދަށް ބިރުދެއްކި މައްސަލާގައި ހައްޔަރުކުރި މުވައްޒަފުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފުސީލެއް އޮފިޝަލް ނުދެއްވަ އެވެ.
"އެ މައްސަލަ ތަހުގީގުކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 60 ހަކަށް އަހަރުގެ މީހެކެވެ.