ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟
ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟

މިޝޭލް ސަލްގާޑޯ ކުޅުނު ދުވަސްވަރު ޑިފެންސްލައިނުގައި ދުނިޔޭގެ އެއްވަނައިގެ ތެރޭގައި ހިމެނެ އެވެ. ލެޖެންޑުން ގިނަ މަޝްހޫރު ރެއާލް މެޑްރިޑުގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަވެފައި ވަނީ އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ކުރި ބުރަ މަސައްކަތުންނެވެ. އެ ކްލަބަށް ކުޅުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ސަލްގާޑޯ ހިމެނޭނެ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ފެންވަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ދުނިޔޭގެ އެންމެ ޕްރެޝަރު ބޮޑު ކްލަބުގައި ސަލްގާޑޯ ދެމެހެއްޓި ލެގަސީ އަށް ތައުރީފެވެ. އެކަމަކު މިހާރު ރާއްޖޭގައި ފަށައިގެން މިއުޅޭ މަސައްކަތްތަކުގައި އޭނާ އަށް އަތުވެދާނެ ޕްރެޝަރު ކިހާވަރަކަށް ވަޒަން ކުރެވިފައި އެބައޮތް ހެއްޔެވެ؟

ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟
ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟

ރާއްޖޭގެ އެކި ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ކުރަން ރާއްޖެ އައި ބޭރުގެ ދެ ޓެކްނިކަލް ޑައިރެކްޓަރަކު ވެސް މަސައްކަތްކުރި އެވެ. ތުރުކީގެ ކޭން ވަންލީ އާއި އިންގްލެންޑުގެ ޖުދާން އަލީ އެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ހޫނު ޕްރެޝަރުގެ ތެރޭގައި އެއިން އެއްވެސް ތަޖުރިބާކާރަކަށް ހިފަހައްޓައެއް ނުލެވުނެވެ. ފެށި މަސައްކަތް ހުއްޓާލާފައި ޖެހުނީ ވަކި ހިސާބަކުން ދޫކޮށްފައި ދާށެވެ.

ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟
ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟

ރާއްޖޭގެ ފުޓްބޯޅައިގެ ޓެކްނިކަލް މަގާމުތަކަކީ ޕްރެޝަރު ބޮޑު މަގާމުތަކެވެ. އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ކްލަބުތަކުގެ ކޯޗުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ފާޑު ކިޔުން ބޮޑުވެ. ބޭރު މީހުންނަށް ކަމުދާ ގޮތެއް ދިވެހިންނަށް ކަމަކު ނުދެ އެވެ. އާހިރުގައި ބޭރު މީހާ ބާކީވެ އެވެ. ކިތަންމެ މަތީ ތަޖުރިބާކާރަކަށް ވިޔަސް ކަން ވެފައި އޮންނަނީ އެހެންނެވެ. ކުރީގެ ޓެކްނިކަލް ޑައިރެކްޓާ ވަންލީ އަށް ވެސް ވީ އެހެންނެވެ. އެފްއޭއެމްގެ އެންމެ އިސް ޓެކްނިކަލް ހެޑުގެ ގޮތުގައި ހުރެ އޭނާ މަގުމަތިވީ އެވެ. އެންމެ އިސްކޮށް ކަންކަމުގައި ފެނުނީ އޭރު އޭނާގެ ޑެޕިއުޓީއަކަށް ހުރި އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. ކުރިން ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބުގައި މަސައްކަތްކޮށް ކާމިޔާބު ހޯދި ވަންލީ އަށް ރާއްޖެ ދަސްނުވާ ކަމަށްވި އެވެ. އެ ޕްރެޝަރުގެ ތެރޭގައި ވަންލީ އަށް ޖާގަ ނުލިބުމުން، އެންމެ ފަހުން އޭނާ މަގާމު ދޫކޮށް ދިއުމުން ސާންތީއާ ރަސްމީކޮށް ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ހަވާލުކުރި އެވެ.

ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟
ރާއްޖޭގެ "ޕްރެޝަރުގެ" ތެރެއިން ސަލްގާޑޯ އަށް ކާމިޔާބު ހޯދިދާނެތަ؟

ރާއްޖޭގައި މަސައްކަތް ކުރި އެންމެ ހައި ޕްރޮފައިލް އެއް ކޯޗަކީ، ވޯލްޑް ކަޕުގައި ވަރުގަދަ އިޓަލީ އަތުން ޕޮއިންޓެއް ދަމައިގަތް ނިއުޒިލެންޑުގެ އޭރުގެ ކޯޗު ރިކީ ހާބަޓް އެވެ. ރާއްޖޭގައި މަސައްކަތް ފަށައި ވަކި ހިސާބަކުން އޭނާގެ ބަހެއް ނުވިކުނެވެ. ބާކީވެ އޭނާ އަށް ހުރި ފުރުސަތު ހަނިވީ އެވެ. ރާއްޖޭގައި ދެން ސަލާމަތް ނުވާނެކަން އެނގުމުން މަގާމުން ވަކިވާން އޭނާ ވިސްނަމުން ދިޔަ އެވެ. އެއަށް ވުރެ ކުރިން އެފްއޭއެމުން އިއުލާން ކުރީ އޭނާ ވަކި ކޮށްފައިވާ ކަމަށެވެ. ކިތަންމެ ހައި ޕްރޮފައިލް ކޯޗެއް ރާއްޖެ އައި ކަމުގައި ވިއަސް ރާއްޖޭގައި މިއޮންނަ ޕްރެޝަރުގެ ތެރެއިން މިންޖުވެވޭ ގޮތެއް ނޯވެ އެވެ.

ސަލްގާޑޯގެ ޕްރޮޖެކްޓްގައި އޭނާގެ ދަށުން މަސައްކަތް ކުރާނެ ކޯޗުން އެބަ ތިއްބެވެ. އެއީ ސްޕެއިންގެ ސެލްޓަވީގޯގެ އެކެޑެމީގައި އެކި މަގާމުތަކުގައި މަސައްކަތްކޮށްފައި ތިބި ކޯޗުންނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި މިހާރު ވެސް އޭނާ ހިންގާ ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނެވެ. ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްކޫލްގެ ފަސް އުމުރުފުރާގައި މަސައްކަތް ކުރާނެ ހެޑް ކޯޗުން ހަމަޖެއްސީ ސަލްގާޑޯގެ ޓީމުގެ ތެރެއިންނެވެ. ދެން އެކި މަގާމުތަކަށް ދިވެހި ކޯޗުން ހަމަޖައްސާނެ އެވެ.

ބޭރު މީހުންނާއެކު މަސައްކަތް ކުރާ ދިވެހި ކޯޗުންނަށް ދިމާވާ މައްސަލައަކީ ހެޑް ކޯޗާ ގުޅުން ކުޑަ ވުމެވެ. ދިވެހިން މަސައްކަތް ކުރަން ބޭނުންވާ ގޮތާއި ބޭރުގެ ކޯޗުން މަސައްކަތް ކުރަން ބޭނުންވާ ގޮތް ތަފާތު ވަނީ އެވެ. ދިވެހިންނަށް ބޭރުގެ ތަޖުރިބާކާރުން ކަމު ނުދަނީ އެވެ. ނުވަތަ އެ މީހުންނާ އެކު މަސައްކަތް ކުރަން ވަކި ހިސާބަކުން ހިތްހަމަ ނުޖެހެނީ އެވެ. ހާބަޓުގެ ކޯޗިން ޓީމުގައި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ގޯލް ކީޕަރު ކޯޗު އަސްލަމް އަބްދު ރަހީމް ވަކި ހިސާބަކުން ގައުމީ ޓީމުގެ މަގާމުތަކުން އިސްތިއުފާ ދިނީ ހާބަޓްއާ އެކު މަސައްކަތް ކުރަން ބޭނުން ނުވުމުންނެވެ. އައްސަދާއި އަސްލަމަށް ހާބަޓް ކަމު ނުދިޔައީ އެވެ.

ބޭރުގެ ތަޖުރިބާކާރުންނާ އެކު މަސައްކަތްކުރާ ދިވެހި އެސިސްޓެންޓުންނަށް މައްސަލަ ދިމާވާ އެއް ސަބަބަކީ، ދިވެހިންގެ ކިބައިގައި ފުޓްބޯޅަ އެޑިއުކޭޝަން ނޮލެޖް މަދުވުމެވެ. ބޭރު މީހާއި ދިވެހިންގެ ވިސްނުން އެއްގޮތް ނުވެ މަސައްކަތުގައި ތައާރަޒު ވަނީ އެވެ. އާހިރުގައި ބޭރުގެ ތަޖުރިބާކާރު އެހެލާފައި ބާކީކޮށްލަނީ އެވެ. ވަންލީ އަށް ވެސްވީ ހަމަ އެހެންނެވެ.

ސަލްގާޑޯއާ އެކު އެފްއޭއެމުން މި ފެށި ޕްރޮޖެކްޓްގައި އެއްބަސްވުން ހެދީ ހަ އަހަރަށެވެ. ޑިވެލޮޕްމަންޓްގެ މަސައްކަތަށް ބަލާއިރު އެންމެ އެކަށީގެންވާ މުއްދަތެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މަގާމުތަކުގެ މޫނުތައް އަވަސް އަވަހަށް ބަދަލުވެ އެވެ. މިދިޔަ ހަތް އަހަރު ތެރޭ ގައުމީ ކޯޗުގެ މަގާމުގައި އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިފަހައްޓާ ލެވުނީ މަދު މީހަކަށެވެ. ކޮންޓްރެކްޓް ނިމެންދެން ހިފަހައްޓާ ލެވުނު ހަމަ އެކަކު ވެސް ނެތެވެ.

ހަ އަހަރަށް ފަހު ޕްރޮޖެކްޓްގެ ކޮންޓްރެކްޓް އާ ކުރަން ސަލްގާޑޯ އުންމީދުކުރެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިއޮތް "ޕްރެޝަރު"ގައި އޭނާ އަށް އެ ފުރުސަތު ލިބިދާނެތޯ އެވެ؟ އެއް ކޯޗަކު ޓީމުގައި ހަރުނުލާ ގައުމެއްގައި ހަ އަހަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން ކޮންޓްރެކްޓް ބުނާ މުއްދަތު ނިމެންދެން އެ މަގާމުތަކުގައި ދެމިތިބެވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ. ޕްރޮޖެކްޓުގެ ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައި ފުރަން ނުޖެހިދާނެ ކަމުގެ ގެރެންޓީއެއް އެބައޮތްބާވަ އެވެ. ކޮންޓްރެކްޓްގައި ބުނާ ހަ އަހަރު ހަމަނުވަނީސް ސަލްގާޑޯ އަދާކުރާ ޑައިރެކްޓަރުގެ މަގާމު، ނުފޫޒު ގަދަ ދިވެއްސެއްގެ އަތް މައްޗަށް ފުރޮޅާނުލާނެ ކަމުގެ ޔަގީންކަން އޮތީ ކިހާވަރަކާށްބާވަ އެވެ. ދަށުގައި ތިބޭ ލޯކަލް އެސިސްޓެންޓުންގެ ޕްރެޝަރު ކޮށްގެން ކޯޗުގެ މަގާމު ގެއްލޭ ގައުމެއްގައި އެފަދަ ގޮތަކަށް ކަންތައް ހިނގުމަކީ ހަމަ ވެދާނެ ކަމެކެވެ.

އެކަމަކު ސަލްގާޑޯ ބުނަނީ އޭނާ އަށް ކާމިޔާބު ހޯދިދާނެ ކަމަށެވެ. އޭނާ ބުނިގޮތުގައި އޭނާގެ ބެލުމުގެ ދަށުން ރާއްޖޭގައި މި ފަށާ ޕްރޮޖެކްޓަކީ މީގެ ކުރިން ރާއްޖޭގެ ތާރީހުގައި ނުހިންގާ ވަރުގެ ޕްރޮޖެކްޓެކެވެ. މަސައްކަތް ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.

"މިއީ ތަފާތު ޕްރޮޖެކްޓެއް. މިއީ ހައި ޕާފޯމަންސް ސެންޓަރެއް. މިއީ މީގެ ކުރިން ރާއްޖޭގައި ކުރެވިފައި އޮތް ކަމެއް ނޫން. އަހަރެން މި އުޅެނީ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރާކަށް ނޫން. އެކަމަކު އަހަރެމެން މި ކުރާ ކަންތަކުން ޓެކްނިކަލް ޑައިރެކްޓަރަށް ވަރަށް ފަސޭހަ ވާނެ. އަހަރެމެން އޭނާ އަށް އެހީ މި ވަނީ،" ހޮޓެލް ޖެންގައި ބޭއްވި އިވެންޓްގައި ސަލްގާޑޯ ބުންޏެވެ.

"އަހަރެމެން މި ކުރާ މަސައްކަތް މި ފަށަނީ ސުމަކުން. މިކަން ކާމިޔާބުކަމާ އެކު އަހަންނަށް ކުރެވިދާނެކަން ގަބޫލުކުރާ ސަބަބަކީ ހަގީގީ ގްރާސް ރޫޓުގެ މަސައްކަތުން އަހަރެމެން ފަށާތީ. މި މަސައްކަތުގެ އެއްވެސް އެއްޗެއް އަދި ފެށިފައެއް ނެތް. ސުމަކުން ފަށައިގެން ކުއްޖާގެ އުމުރުން 12 އަހަރު ވީމަ އަހަރެމެން މި ގެންދަނީ ހައިޕާފޯމަންސް ސެންޓަރަށް. އޭގެ ތެރެއިން ވެސް އެންމެ ރަނގަޅު ކުދިން އަހަރެމެން މި ގެންދަނީ. ރާއްޖޭގެ ކުޑަ ކުދިންގެ ހަށިގަނޑުގެ ހެދިބޮޑުވުން ތަފާތު. އެމީހުން އުޅެ ބޮޑުވާ މާހައުލު ތަފާތު. ސަގާފަތް ތަފާތު. އެހުރިހާ ކަމެއްގެ ތެރެއިން އަހަރެމެން މަސައްކަތް މި ކުރަނީ ކުއްޖާގެ އުމުރުން ހަތް އަހަރުން ފެށިގެން. ބާރަ އަހަރު ވީމަ ހައިޕާފޯމަންސް ސެންޓަރަށް."

ސަލްގާޑޯ ބުނީ ޓެކްނިކަލް ޑައިރެކްޓަރުގެ މަސައްކަތަކީ އެހެން މަސައްކަތެއް ކަމަށެވެ. ކުދިންތަކެއް އެއްކޮށްލައިގެން ޓީމެއް އެކުލަވާލު މަކީ ގައުމީ ޓީމުގެ ކޯޗުގެ މަސައްކަތް ކަމަށެވެ.

"އެމީހުންގެ މަސައްކަތް އެމީހުން ކުރިއަށް ގެންދާނެ. އަހަރެން މި އަދާކުރަނީ އެ މަގާމެއް ނޫން. އަހަރެންގެ މަސައްކަތަކީ ހައި ޕާފޯމަންސް ސެންޓަރުން ވާދަވެރިކަން އުފައްދައި ރާއްޖޭގެ ޕްރިމިއާ ލީގު ވަރުގަދަ ކުރުން. މިއީ މުޅިން ތަފާތު މަގާމެއް. އެހެންވެ އަހަންނަށް ޔަގީންކަން އެބައޮތް ކާމިޔާބު ކުރެވޭނެކަން،" ސަލްގާޑޯ ބުންޏެވެ.