ގެއްލުނު ކުއްޖާ ހޯދަން 4000 އަކަމޭލަށް ވުރެ ބޮޑު ސަރަހައްދެެއް ބަލައިފި
ގެއްލުނު ކުއްޖާ ހޯދަން 4000 އަކަމޭލަށް ވުރެ ބޮޑު ސަރަހައްދެެއް ބަލައިފި

ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދަން ސިފައިން ކުރި މަސައްކަތުގައި މިއަދު ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކުޑަކުއްޖާ ހޯދަން ކުރި މަސައްކަތުގައި ކަނޑުމަގުން، 131 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް، އަދި ވައިގެ މަގުން 4،512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެހެން ނަަމަވެސް ކުޑަކުއްޖާ އަދި ނުފެެނެ އެވެ.

މުޅި ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ވަރަށް ކަނޑުގަދަ ވެފައި ވަނިކޮށް، ހޮނިހިރު ދުވަހު ހިނގި ހާދިސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ ޖުޔަލް ޖިނާހު ގެއްލުނީ ލޯންޗަށް ބޮޑު ރާޅެއް ޖެހުމުން ކަނޑަށް ވެއްޓިިގެންނެވެ. އެ ހާދިސާގައި އެކުއްޖާގެ މަންމަ މަރިޔަމް ނާހިދާ، 33، މަރުވި އެވެ.

އެ ހާދިސާ ހިނގީ އެމްއެންޑީއެފުން އޭރު ބުނެފައިވާ ގޮތުގައި މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުގަ އެވެ. އޭރުން ފެށިގެން ސިފައިން އަންނަނީ ކުއްޖާ ފެނޭތޯ އެ ސަރަހައްދު ބަލަމުންނެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ކުއްޖާ ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށެވެ.