ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި
ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި

ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި، ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާ އެކު އެފްއޭއެމުން އެއްބަސްވުން ހަދައިފި އެވެ.

ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި
ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި

ސަލްގާޑޯގެ ރިއަލް ހިސްޕަނިއާ އެފްސީއާ އެކު އެފްއޭމުން ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމް ކުރާ ގައުމީ ފުޓްބޯޅަ ސްކޫލް ހިންގާނެ އެވެ. އަދި އެ ސްކޫލުގައި ބައިވެރި ކުރުވުމަށް ޒުވާން ހުނަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ގާއިމު ކުރާ 18 އެކެޑެމީ ވެސް ހިންގާނީ ސަލްގާޑޯގެ ލަފާގެ މަތިންނެވެ.

ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި
ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި

ފުޓްބޯޅަ ސްކޫލްގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ. ފުޓްބޯޅަ ސްކޫލަށް ބޭނުންވާ ކޯޗުން ވެސް ކަނޑައަޅާނީ ސަލްގާޑޯ އެވެ.

ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި
ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި

މިއަދު މެންދުރު ފަހު ހޮޓެލް ޖެންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަލްގާޑޯ ވަނީ އޭނާގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތް މަލްޓިމީޑިއާ ޕްރެޒެންޓޭޝަނެއްގެ އެހީގައި ހުށަހަޅައިދީފަ އެވެ. އުމުރު ފުރާގެ ފުރަތަމަ މަރުހަލާއަކީ އުމުރުން ހަތް އަހަރުން ދަށުގެ ތުއްތު ކުދިންނެވެ. ހަތް އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިންގެ ޑިވެލޮޕްމަންޓް ކުރިއަށްދާނީ ރާއްޖޭގެ އެކި ކަންކޮޅުތްކުން 18 އެކެޑެމީއެއްގަ އެވެ.

ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި
ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓެއްގައި ސަލްގާޑޯގެ ކްލަބާއެކު އެއްބަސްވުން ހަދައިފި

- ހދ. ކުޅުދުއްފުށި

- ނ. ކެނދިކުޅުދޫ

- ބ. އޭދަފުށި

- އދ. މަހިބަދޫ

- ދ. ކުޑަހުވަދޫ

- ލ. ގަން

- ގދ. ތިނަދު

- ޏ ފުވައްމުލައް

- އައްޑޫގެ ދެ ސަރަހައްދެއްގައި

- މާލޭ ސަރަހައްދުގައި 8 އެކެޑެމީ

އެފްއޭއެއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ މި 8 ރަށް ކަނޑައަޅާފައި ވަނީ މިހާރު ވެސް އެފްއޭއެމްގެ ބައެއް ޕްރޮގްރާމްތައް ހިންގާ ރަށްތަކުގެ އިތުރުން އެ ރަށްތަކުގެ އާބާދީ އާއި ފުޓްބޯޅައިގެ ހުނަރު، މިހާރު ވެސް އުފައްދާ ރަށްރަށަށް ބޮޑަށް ބަލައިގެން ކަމަށެވެ. މި ލިސްްޓްގައި ހިމެނޭ އޭދަފުއްޓާއި މަހިބަދޫ އަކީ އަބަދުވެސް ގައުމީ ޓީމުގައި އެއް ރަށަކުން ކުޅުންތެރިން އެންމެ ގިނައިން ހިމެނޭ ދެ ރަށެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑްގައި މަހިބަދޫގެ ތިން ކުޅުންތެރިން ހިމެނުނެ އެވެ. އަދި އޭދަފުށިން ވެސް ތިން ކުޅުންތެރިން ހިމެނެ އެވެ.

ސަލްގާޑޯ ބުނީ އެފްއޭއެމްއާ އެކު ވާހަކަ ދެކެވި އޭނާގެ ޕްރޮގްރާމް ތައްޔާރު ކުރަމުންދާތާ އަހަރެއް ވެއްޖެ ކަމަށެވެ. ކޮވިޑްގެ ހާލަތު އޮތް ގޮތުން އެ ޕްރޮގްރާމް އިއުލާން ކުރުން ލަސްވެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"މިއީ ރާއްޖޭގައި މީގެ ކުރިން ނުކުރާ ކަމެއް މި ޕްރޮގްރާމްގައި އަހަރެމެން ތަމްރީން ކުރާނީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިން އެކަންޏެއް ނޫން. އެކެޑެމީ ތަކުގައި މަސައްކަތް ކުރާނެ ކޯޗުން ވެސް ތަމްރީން ކުރާނަން."

އުމުރުން 13 އަހަރުވުމުން އެކެޑެމީތަކުން ފާހަގަ ކުރެވޭ ފުޓްބޯޅައިގެ އެންމެ ކްރީމް ޓެލެންޓްތައް ގެންނާނީ ހުޅުމާލޭގެ ފުޓްބޯޅަ ސްކޫލަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވެސް ވިދާޅުވީ ހައި ޕާފޯމަންސް ޓްރޭނިން ސެންޓަރެއްގެ ގޮތުގައި އެ ސްކޫލް ހިންގާނީ ބޯޑިން ސްކޫލެއްގެ ގޮތުގައި ކަމަށެވެ. ކުދިންގެ ކެއުމާއި ހުރުން ވެސް އަދި ކިޔެވުން ވެސް ހަމަޖެހިގެން ދާނީ އެ ސްކޫލްގަ އެވެ.

"އަޅުގަނޑުމެން މިހާރު ވެސް މިދަނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެސް ވާހަކަ ދައްކަމުން ހުޅުމާލޭ ހައި ޕާފޯމަންސް ސެންޓަރުގައި ކިޔަވައި ދެވޭނެ ކަރިކިއުލަމެއް އެކުލަވާލުމަށް،" ބައްސާމް މިއަދު ވިދާޅުވި އެވެ.

ފުޓްބޯޅަ ސްކޫލްގައި މަދުވެގެން 100 ކުދިންނަށް ހާއްސަކޮށް ޕްރޮގްރާމްތައް ހިންގާނެ އެވެ. އެކި ސަރަހައްދުތަކުގައި ހިންގާ 18 އެކެޑެމީން ފުރާނާލައިގެން ގެންނަ ކުޅުންތެރިންގެ ތެރެއިން އުމުރުން 13 އަހަރުން ފެށިގެން 17 އަހަރު ފުރެންދެން ޓްރޭނިތއް ކުރިއަށް ގެންދާނެ އެވެ. އޭގެ ފަހުން ކުޅުންތެރިޔާ އަށް ދިވެހި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ހައި ޕާފޯމަންސް ސެންޓަރުގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ ސަލްގާޑޯގެ ކްލަބު ރިއަލް ހިސްޕަނިއާގެ ކޯޗުންނެވެ. ފުޓްބޯޅަ ސްކޫލްގެ ޑައިރެކްޓަރަކީ ސަލްގާޑޯ އެވެ. އޭނާގެ ދަށުން މަސައްކަތް ކުރާނެ ހެޑް ކޯޗެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ހެޑް ކޯޗްގެ ދަށުން މަސައްކަތް ކުރާނެ ކޮންމެ އުމުރުފުރައަކަށް ހާއްސަ ކޯޗަކާއި ފިޓްނަސް ކޯޗުންނާއި ވީޑިއޯ އެނަލިސްޓް ކޯޗެއް ވެސް ހިމެނެ އެވެ.

ސްކޫލްގެ ހެޑް ކޯޗަކީ ރިއަލް ހިސްޕަނިއާގެ ވެސް ހެޑް ކޯޗް، ސްޕެއންގެ ބްލާސް ޗާލިން އެވެ. ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކޯޗަކީ ވެސް އޭނާ އެވެ. ޗާލިން ވަނީ ސްޕެއިންގެ ސެލްޓަ ވީގޯގެ އެކެޑެމީގެ އެކި މަގާމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާގެ ބެލުމުގެ ދަށުން ދެން މަސައްކަތް ކުރާ އުމުރުފުރާތަކުގެ ކޯޗުންނަކީ 13 އަހަރުން ދަށުގެ ކޯޗް އެންހަލް އޮލިވިއޭރާ އެވެ. އެކެޑެމީގެ ގޯލްކީޕަރު ކޯޗުކަން ވެސް ކުރާނީ އޭނާ އެވެ. ސާދަ އަހަރުން ދަށުގެ ކޯޗަކީ އެޑްއާޑޯ ގޮންސަލޭވްސް އެވެ. ފަނަރަ އަހަރުން ދަށުގެ ކޯޗަކީ ފްރާން ކައިންޒޯސް އެވެ. ސޯޅަ އަހަރުން ދަށުގެ ކޯޗަކީ އަބެލް ލޮރެންޒޯ އެވެ. ފިޓްނަސް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާނީ އޭނާ އެވެ.

ފިޒިއޯ އާއި ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ހޯޒޭ ވަރޭލާ އެވެ. ވީޑިއޯ އެނަލިސްޓް އަދި ސްކޫލްގެ ފަސްޓް ކޯޑިނޭޓާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖޯން ރިއޯސް އެވެ. ސެކަންޑް ކޯޑިނޭޓާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ އިނާކީ ޕެރޭޒް އެވެ.

"އުމުރުފުރާތަކަށް ހަމަޖައްސާފައިވާ ފަސް ކޯޗުން މަސައްކަތް ކުރާނީ އެ އުމުރުފުރާއެއްގެ ގައުމީ ކޯޗާ ގުޅިގެން،" ސަލްގާޑޯ ބުންޏެވެ. "އަހަރެމެން އެހީ ވާނީ ގައުމީ ޓީމުގެ ޕްރޮގްރާމްތަކަށް. އެއީ ވަރަށް މުހިންމު ކަމެއް. އަހަރެމެން ކުދިން ޓްރޭން ކުރާނީ ކޮންމެ ދުވަހަކަށް ބަހާލައިގެން އަދި އެއްފަހު އަހަރެމެން މަސައްކަތް ކުރާނަން މުބާރާތްތަކެއް ބާއްވައި މެޗުތަކެއް ކުޅެން."

މި ކޯޗުންގެ ދަށުން އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަސް ދިވެހިން ކޯޗުން ވެސް ހަމަޖައްސާނެ އެވެ. އެ ފަސް ކޯޗުން ވެސް ހަމަޖައްސާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތް ކުރި ސަލްގާޑޯ ބުނިގޮތުގައި ފުޓްބޯޅަ ސްކޫލްގެ ޕްރޮގްރާމްގެ ތެރެއިން ދިވެހި ޕްރިމިއާ ލީގު ވެސް ވަރުގަދަ ކުރުމަކީ އޭނާ އިސްކަންދޭ ކަމެކެވެ. އެގޮތުން 17 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު 20 ކުޅުންތެރިން ލީގުގެ ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށް ދެމުން ގެންދާނެ ކަމަށާއި އަދި އެކަމާ ބެހޭޣޮތުން ކްލަބުތަކާ އެކު މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާނެކަމަށް ސަލްގާޑޯ ބުންޏެވެ.

"ސަތާރަ އަހަރުން ދަށުގެ 20 ކުޅުންތެރިން ފުރާނާލައިގެން ނެގުމަށް ފަހު އަހަރެމެން ޑްރާފްޓެއް ހަދާނަން. ކްލަބުތަކަށް ލިބިގެންދާނެ ހައި ޕާފޯމަންސް ސެންޓަރުން ތަމްރީންވާ އެންމެ ރަނގަޅު ކުޅުންތެރިން. އަހަރެން ބޭނުން ކްލަބުތަކަށް އެކަން ސާބިތު ވެސް ކޮށްދޭން. އަހަރެން ވިސްނަނީ އެ 20 ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުންތެރިން އެންމެ ފުލުގައި ނިންމާ ކްލަބުތަކަށް ދޫކުރަން،" ސަލްގާޑޯ ބުންޏެވެ.

ސަލްގާޑޯ ބުނީ ހަ އަހަރު ފަހުން މިއަދު ބޭއްވި ކަހަލަ ބައްދަލުވުމަކަށް އެނބުރި އައިސްއެފްއޭއެމުން އޭނާގެ ކްލަބާއެކު އެއްބަސްވުން އާ ކުރާވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާކަން ނަތީޖާއާ އެކު ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.