ކޮވިޑް ޖެހިގެން ތިނަދޫންް ތިން މަހުގެ ކުއްޖަކު ނިއާވެއްޖެ
ކޮވިޑް ޖެހިގެން ތިނަދޫންް ތިން މަހުގެ ކުއްޖަކު ނިއާވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދިޔަ ތިން މަހުގެ ކުއްޖަކު ގދ. ތިނަދޫގައި ނިއާވެއްޖެ އެވެ. މިއީ މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން ނިއާވި އެންމެ ހަގު ކުއްޖާ އެވެ.

ނަމަވެސް މިއީ ކޮވިޑްގެ މަރެއްގެ ގޮތުގައި އެޗްޕީއޭ އިން އަދި އިއުލާނެއް ނުކުރެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ ތެރެއިން މީގެ ކުރިން އެންމެ ހަގު އުމުރަކީ މިދިޔަ ޖޫން މަހު މަރުވި 10 އަހަރުގެ ކުއްޖެކެވެ.

ތިނަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ތިން މަހުގެ ކުއްޖާ އަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފެށި އިރެއް ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ތިނަދޫ ހޮސްޕިޓަލްގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

މި ކުއްޖާގެ މަރާ އެކު ރާއްޖެއިން ކޮވިޑްްގައި މަރުވި މީހުންގެ އަދަދު ވަނީ 239 އަށް އަރައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް 86,165 މީހަކަށް ކޮވިޑް ޖެހި އޭގެ ތެރެއިން 84،627 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،210 އެވެ.