"މިނިވަންކަމުގެ ހިނގާލުމުގެ" ނަމުގައި އިދިކޮޅުން މަގުމައްޗަށް
"މިނިވަންކަމުގެ ހިނގާލުމުގެ" ނަމުގައި އިދިކޮޅުން މަގުމައްޗަށް

"މިނިވަންކަމުގެ ހިނގާލުމުގެ" ނަމުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

"މިނިވަންކަމުގެ ހިނގާލުމުގެ" ނަމުގައި އިދިކޮޅުން މަގުމައްޗަށް
"މިނިވަންކަމުގެ ހިނގާލުމުގެ" ނަމުގައި އިދިކޮޅުން މަގުމައްޗަށް

އެ ހިނގާލުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. ހިނގާލުން ފެށޭނީ އެ ދުވަހުގެ ހަވީރު ޕީޕީއެމްގެ މައި އޮފީސް ދޮރުމަތިންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިފަދަ ހިނގާލުމެއް އިންތިޒާމުކުރީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް ސަރުކާރުން ކުރިއަށްގެންދާތީ، އެކަމާ ރައްޔިތުން ނުރުހޭކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

ހިނގާލުން ކުރިއަށްގެންދާނީ ސުލްހަވެރިކަމާ އެކު، ގާނޫނާއި ގަވާއިދުތައް ހުއްދަދޭ ގޮތަށް، މުއްސަސާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ މި ސުލްހަވެރި ހިނގާލުން ވެގެންދާނީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި މި ސަރުކާރުން ކުރަމުން މިގެންދާ ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ވަރަށް މުހިންމު ހިނގާލުމަކަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިިޔާމް ވިދާޅުވީ މި ސަރުކާރު އައުމަށްފަހު ރާއްޖެއަށް ނުރައްކާވާ ފަދަ ހަތް އެގްރީމެންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުފަޅުގެ މިނިވަންކަން ހިމެނޭ އެ އެގްރީމެންޓުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއި ނުކުރެއްވީ ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ އިހުސާސް ކުރެވޭނެތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް މި ސަރުކާރުން ކުރަމުންދާ ހުރިހާ ކަމަކާމެދު އަޑު އުފުލުމަށްޓަކައި އޮތް ހަމައެކަނި ކޯލިޝަނަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކަމަށް އޭނާ ވިދާޅުވި އެވެ.