އައިކެއާ އިން ވިޔަފާރިކޮށްގެން ރިސޯޓު ދަތުރެއް
އައިކެއާ އިން ވިޔަފާރިކޮށްގެން ރިސޯޓު ދަތުރެއް

އައިކެއާއިން ވިޔަފާރި ކޮށްގެން ރިސޯޓު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

ސްކޫލް ބަންދާ ދިމާކޮށް ފެށި މި ޕްރޮމޯޝަނުގެ ދަށުން އައިކެއާއިން ކުރަ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަނުގައި ނަމާއި އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު ޖަހައި އައިކެއާގެ ފިހާރައާ ހަވާލުކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ރިސޯޓެއްގައި ދެ ދުވަހުގެ ދެ މީހުންގެ ހުރުން ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އިއުލާންކުރާނީ އަންނަ ނޮވްމެބަރު މަހުގެ ހަވަނަ ދުވަހު އެވެ.

އައިކެއާ އަކީ އައިނު ހެދުމުގައި ރާއްޖޭގައި އެންމެ އިތުބާރު ކުރެވޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ނަންބަރު އައިނާއި އަވި އައިނާއި ނަންބަރު އަވިއައިނާއި ބްލޫ ލެންސުގެ އިތުރުން ކޮންޓެކްޓް ލެންސް ހައްދައިދެ އެވެ.